Inguraidhoo Sihhee Marukazu 24 Gadi iru Hidhumaiy Dhey Thanakah Badhalukuraanan : Raees Yaameen
image
ރައީސުލްޖުމްހޫރިއްޔާ، ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލު ކުރެއްވުން--
1 ކޮމެންޓް
 

އިނގުރައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރާނަން: ރައީސް

ރ. އިނގުރައިދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒަކަށް ބަދަލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރ. އަތޮޅާއި ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން މިހާރު ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު މެންދުރު އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދިނުމަށް ރައްޔިތުން އެދިފައިވާކަމަށެވެ. އެހެންކަމުން އެރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިއަހަރުގެ ތެރޭގައި 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އެރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، 60 މިލިއަނާއި ގާތްކުރާ އަދަދަކަށް ހޭދަކޮށްފައިވާ މީހަކަށް އެފަދަ އާދައިގެ ކަމެއް ކުރުމަކީ ދަތިކަމެއް ނޫންކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވޭނީ އެމަނިކުފާނަށްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަންހެނުންގެ ހުރިހާ ބައްޔަކަށް ފަރުވާދެވޭނެ އަންހެނުންގެ ހާއްސަ ހޮސްޕިޓަލެއް ގާއިމުކޮށްދެވޭނީ ވެސް އެމަނިކުފާނަށް ކަމަށެވެ.

ހިޔާލު

އަހައްމާ

ސިއްހީމަރުކަޒު 24 ގަޑިއިރު ކީކުރަންތޯ 48 ގަޑިއިރަށް ވެސް ބަދަލު ކޮއްލެވިދާނެއެވެ. އެހެންނަމަވެސް ޚިދުމަތްދެވޭނެތޯ ؟ ޑަކުޓަރުންނާއި ބޭނުންވާ ސާމާނު ނެތިއްޔާ ތީގެ އެއްވެސް ވާނެ ފައިދާއެއް ރައްޔިތުންނަކަށް ނުވާނެއެވެ.