Musaara Bodukurikamah Bune Allowance Thah Kandaalumun Naruhun Kanboduvun Faalhu Kuranee
image
އައިޖީއެމްއެޗް-- ފޮޓޯ: ރާއްޖެއެމްވީ
7 ކޮމެންޓް
 

މުސާރަ ބޮޑުކުރިކަމަށް ބުނެ އެލަވަންސްތައް ކަނޑާލުމުން ނަރުހުން ކަންބޮޑުވުން ފާޅު ކުރަނީ

ދައުލަތުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ނަރުހުންގެ މުސާރަ ބޮޑުކޮށްފި ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވަނިކޮށް ނަރުހުންގެ މުސާރަ ކުރިއަށް ވުރެ ކުޑަ ކަމަށް ބުނެ ނަރުހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ކުރިން ނުހިމެނޭ ކަންތައްތަކެއް ހިމަނައި ނަރުހުންގެ މުސާރަ 15 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެމިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. ނަމަވެސް ވީއެފްޕީއާ ވާހަކަ ދައްކަވަމުން ނަރުހަކު ބުނީ ނަރުހުންގެ މުސާރަ ބޮޑުކުރި ކަމަށް މިނިސްޓްރީން ބުނި ނަމަވެސް މުސާރަވީ ކުޑަކަމަށެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 15 އިންސައްތަ އިތުރުކޮށް ބައެއް އެލަވަންސްތައް ކަނޑާލާފައިވާކަމަށް ނަރުހުން ބުނެއެވެ. އަދި ކުރިން ރަސްމީ ގަޑީގެ ގޮތުގައި ހަގަޑިއިރު މަސައްކަތްކޮށް އެއަށްވުރެ އިތުރަށް މަސައްކަތް ކުރުމުން އޯވަޓައިމްގެ ގޮތުގައި ބެލިނަމަވެސް މިހާރު އޯވާޓައިމްގެ ގޮތުގައި ބަލަނީ އަށްގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުމުންކަމަށް ވެސް އޭނާ ބުނެއެވެ.

"ކުރިން ހަގަޑިއިރު އެއީ ރަސްމީ ގަޑި، ހަގަޑިއިރަށްވުރެ އިތުރުވީމަ އޯވަޓައިމް އެކަމަކު މިހާރު އަށްގަޑިއިރު އެއީ ރަސްމީ ގަޑި. އަށްގަޑިއިރަށް ވުރެ އިތުރުވީމަ އޯވަޓައިމްއަށް ބަލަނީ،" ރީޖަނަލް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގައި މިނިސްޓްރީން ބުނީ، ސްޕެޝަލައިޒް ނަރުހުންގެ ހިދުމަތް ވެސް ތައާރަފުކުރާނެ ކަމަށެވެ. އަދި މަސައްކަތުގެ ފެންވަރާއި ތައުލީމަށް ބެލުމަށްފަހު ކޮންމެ ދެ އަހަރަކުން ނަރުހުންނަށް ޕްރޮމޯޝަން ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ހިޔާލު

ގަމާރު

ބަލަގަ ކޮންމެއްވެސް އެންމެ ނުރަނގަޅު މަގުންގެންދެވޭތޯ؟

ޢަދުރީސް

މިކަހަލަ ޒިންމާދާރު ނޫސްތަކުން ދައްކާވާހަކަ އޮއްޓަރެއްނެތުމަކީ ހިތާމަ ކުރާކަމެއް! ބަލާބަލަ އޭތި ރަނގަޅަށް އޮވަރ ޓައިމް ކޮށްފަ ހުރި ގަޑި ރަނގަޅަށް! ޢޯވަރ ޓައިމް ބޭސިްޑް ވާނީ ބޭސިކް ސެލަރީ އަށް، ތިޔަ ދައުރުވާ އެތީގަ އޮތީ ބޮޑުކުރި މުސާރައިގަ 20ގަޑި އިރު އޯވަރ ޓައިމް ކޮށްފަ! ޢެކަމް ކުރީގެ މުސާރަ ލިބުން އެތީގަ އޮތީ 72ގަޑި އިރު އޮވަރ ޓައިމް ކޮށްފަ! ޢެހެންވީމަ މިހާރު މުސާރައިގަ އޮވަރޓައިމް އަށް ލިބޭނެ ގަޑިއަކަށް 72ރ، ކުރީގަ ލިބެނީ 43ރ

.....

މީގެ ކުރިންވެސް ސިވިލް ސާރވިސް ގަވާއިދުގަ އިންނަނީ ހަމަ އަށް ގަޑިއިރު މަސައްކަތް ކުރުމުން ޢޯޓީ ލިބޭގޮތަށް، އިދާރީ މުވައްޒަފުންނާއި އެއް އުސޫލަކުންނެތް ނޫން، ކޮންމެ ޑިއުޓީ ސްޓާފެއްގެ ރަސްމީ ގަޑިއަކީ އެ މުވައްޒަފެއްގެ ޑިއުޓީގަޑި، އެ ޑިއުޓީ ގަޑި ހަމަވުމުން އިތުރު ގަޑިއަށް ވާ ފައިސާ ގުނާގޮތަށް، ހަމަ އެފަދައިން މިހާރުވެސް އިތުރު ގަޑިއަށް ވާ ފައިސާ ދެވޭގޮތަށް، އިދާރީ މުވައްޒަފުންގެ އިތުރު ގަޑި ހެދުނު 8 އިން މެންދުރު 2ގެ ފަހުން (6 ގަޑިއިރު) މަސައްކަތް ކުރުމުން އިތުރުގަޑީގެ ފައިސާ ގުނަގޮތަށް މީގެ ކުރިންވެސް އޮތީ.އެހެނަސް ހެދުނު 8 ޖަހާއިރު ނިކުންނަ ޑިއުޓީ ސްޓާފެއްގެ އިތުރުގަޑި ގުނާނީ މެންދުރު 2 ގެ ފަހަކުން ނެއްނޫން ހަވީރު ހަތަރެއްގެ ފަހުން، އެެއީ އެ ޑިއުޓީ ސްޓާފްގެ ޑިއުޓީ ގަޑި ނިމުމަށްފަހުގައި، ހަމަ އެގަވާއިދުގެ މަތިން މިހާރުވެސް އިތުރު ގަޑި ދޭ ގޮތަށް ހަމަޖެހިފަ އިނީ.

ވެރިޔާ

އެންމެ 8 ގަޑިއިރު މަސައްކައް ކުރަން ގެހިގެން އެ އުޅެނީ. ގިނަ ނަރުހުން (ހާއްސަ ކޮން ވޯޑު ތަކުގަ ތިބޭ ނަރުހުން. ބަލިމީހުނައް އަޅާލުން ވަރަށް ކުޑަ. ތިޔައްވުރެ މާ ގިނަ އަރު މާ ބުރަކޮން މަސައްކައް ކުރާަ މީހުން އެބައުޅޭ.

ޙާމަ

ވެނުމަސް ވެނަށް

އިސޭ

ހުރިހާ ކަމެއްގައި ވެސް މި މީހުން ދެން އޮޅުވާލުން. އަޅެ ރައްޔިތުން މިކަމާ ވިސްނާ ފިކުރު ކޮށްބަލަ. 23 އަންނަން މާ ގިނަ ދުވަހެއް ދެން ނެތް.

އަޙުމަދު

ޔާމިނަކީ ތެދެއް ބުނެގެން ސަލާމަތްވެވެން އޮތް ތަނެއްގައި ވެސް ދޮގުހަދައިގެން ސަލާމަތް ނުވެވުނަސް، ދޮގުހަދާ މީހެކެވެ. ކަމަކަށް ދެވިހިފައިފި ނަމަ ލޮލަށް ނިދި ވެސް އަންނާނީ އެ ކަމެއް ކުރުމުންނެވެ.