STELCO ge Towerthakuge Concrete Masahkai Fashaifi
image
ސްޓެލްކޯގެ ޓަވަރުތަކުގެ ފައުންޑޭޝަން އަޅަނީ--ފޮޓޯ ސްޓެލްކޯ
0 ކޮމެންޓް
 

ސްޓެލްކޯގެ ޓަވަރުތަކުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ސަރުކާރުން އިއުލާނުކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތް ކުރާ 15 ބުރީގެ ދެ ޓަވަރުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ ދެ ޓަވަރުގެ ކޮންކްރީޓް މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

އެ ދެ ޓަވަރުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ސްޓެލްކޯ އިން އިމާރާތްކުރާ ޓަވަރުތަކުގައި އެއް ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓް ހުރެއެވެ.

އެ ޓަވަރުތައް އެޅުމަށް ޗައިނާގެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާއަށެވެ. ޓަވަރުތަކުގެ މަސައްކަތް 18 މަސް ދުވަހުން ނިންމާނެ ކަމަށް ޗައިނާގެ ކުންފުނިން ބުނެފަައިވާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ހިޔާލު