Ibu ai Faisal 127 Rashakah Vadaigenfi, Baakee Othee 3 Atollu: Mariya
image
މާރިޔާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ---
0 ކޮމެންޓް
 

އިބޫއާއި ފައިސަލް 127 ރަށަކަށް ވަޑައިގެންފި، ބާކީ އޮތީ 3 އަތޮޅު: މާރިޔާ

އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އާއި ރަނިންމޭޓު ފައިސަލް ނަސީމް މިހާތަނަށް 127 ރަށަކަށް ވަޑައިގެންފައިވާ ކަމަށާއި އެދެބޭފުޅުންނަށް ވަޑައިނުގެންނެވި ބާކީ އޮތީ ތިން އަތޮޅު ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެ ދެބޭފުޅުންގެ އަމާޒަކީ ހުރިހާ ރަށަކަށް ވަޑައިގެންނެވުން ކަމަށެވެ. އިންތިހާބުގެ ކުރިން ހުރިހާ ރަށަކަށް އެރުމަކީ އިދިކޮޅު ކެންޑިޑޭޓު އިބޫގެ އަމާޒެކެވެ.

މާރިޔާ ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ދާ ގޮތުން ކަންބޮޑުވާ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާ ލިސްޓާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވޯޓާސް ލިސްޓުތަކުގައި އިދިކޮޅުން ސޮއި ކުރާނީ ކަންކަން ބެލުމަށްފަހު ލިސްޓުތައް ރަނގަޅު ނަމަ ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންތިހާބުގައި "ވައްކަން" ކުރިޔަ ނުދީ އިންތިހާބު ބޭއްވެތޯ ކުރެވެން ހުރި ހުރިހާ ކަމެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. ރައްޔިތުން ތިބީ ދޫދޭން ނޫން ކަމަށާއި އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލި ކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ހިޔާލު