Vagah govi zuvaanakaai eku velidhoon 3 meehaku hayyaru koffi
image
ރައީސް ޔާމީން މިރޭ ވެލިދޫގައި
0 ކޮމެންޓް
 

ވަގަށް ގޮވި ޒުވާނަކާއި އެކު ވެލިދޫން ތިން މީހަކު ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން މިރޭ ނ ވެލިދޫއަށް ވަޑައިގެންނެވުމުގެ ކުރިން ބަނދަރުސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ޒުވާނަކު ވަގަށް ގޮވިކަމަށް ބުނެ ހައްޔަރުކޮށްފިއެވެ.
ވަގަށް ގޮވިކަމަށް ބުނެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އިތުރު ދެ މީހަކުވެސް އެސަރަހައްދުން ހައްޔަރުކުރި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

ވެލިދޫއަށް ރައީސް ޔާމީން މިރޭ ކުރައްވާ ދަތުރުފުޅާއި ގުޅިގެން ހައްޔަރުކުރި މީހުންނާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިރޭ ވެލިދޫއަށް ވަޑައިގެން ރައީސް ޔާމީންވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ގަންނަވާފައެވެ.
ހިޔާލު