Internet Hidhumai Kendifai Vaathee 1414 Beynun Kurumah Dhathithakeh
image
އިންޓަނެޓް ހިދުމަތް މެދުކެނޑިފައިވާތީ 1414 ބޭނުން ކުރުމަށް ދަތިތަކެއް--
0 ކޮމެންޓް
 

އިންޓަނެޓް ހިދުމަތް މެދުކެނޑި 1414 ބޭނުން ކުރުމަށް ދަތިތަކެއް

ރޭ އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާތީ 1414 ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކުގެ ރީރެޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަށް އެކޮމިޝަނުގެ ހޮޓްލައިން މެދުވެރިކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރޭ މެންދަމުން ފެށިގެން އިންޓަނެޓް އަދި މޮބައިލް ޑޭޓާ އަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އެހޮޓްލައިންގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެ އީސީއިން ވަނީ ޓުވީޓެއް ކޮށްފައެވެ.


އީސީއިން އެ ހިދުމަތް ބޭނުން ކުރައްވާ ބޭފުޅުންގެ ސަމާލުކަމަށް ގެނެސް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައިވެއެވެ. އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކުން ރީރެޖިސްޓަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ލުމުން ބޭނުންވާ ތަން ނޫން އެހެން ތަންތަނުގައި ރެޖިސްޓަ ވެފައިވާތީ ގިނަ ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި އެގޮތުން ގިނަ ބަޔަކު ދަނީ 1414 އަށް މެސެޖުކޮށް އެހިދުމަތް އާންމު ގޮތެއްގައި ބޭނުން ކުރަމުންނެވެ. ނަމަވެސް މިހާރު މެސެޖު ކުރުމުން އަނބުރާ އަންނަނީ އެފަރާތުގެ ސާވާ ގައި މައްސަލައެއް އުޅޭ ކަމަށެވެ.

ގިނަ މައްސަލަތައް ފެންމަތި ވަމުންދާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ރީރެޖިސްޓަ ކުރުމުގެ އެންމެ ފަހު ދުވަސް މިއަދުގެ ނިޔަލަށް އިތުރު ކޮށްފައެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި ރީރެޖިސްޓަ ކުރުމަށް 95،739 ފޯމު ހުށަހަޅާފައިވާއިރު ރެޖިސްޓަ ވެފައި އޮތީ 78،964 ފޯމެވެ. އަދި ނުބައި ފިންގަ ޕްރިންޓް ޖަހާފައިވާ 1892 ފޯމު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
ހިޔާލު