Musaaraige Massalaagai Teacherun Ves Kanboduvun Faalhukuranee
image
ޓީޗަރުންގެ މުސާރަ ރަނގަޅު ކުރުމަށް ބާރުއަޅައި ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ކަޅުހެދުމުގައި ޓީޗަރުން ކުރި އިހުތިޖާޖުގެ ތެރެއިން---
6 ކޮމެންޓް
 

މުސާރައިގެ މައްސަލާގައި ޓީޗަރުން ވެސް ކަންބޮޑުވުން ފާޅުކުރަނީ

ދައުލަތުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ނަރުހުންގެ މުސާރަ ބޮޑުކޮށްފި ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވަނިކޮށް ނަރުހުންގެ މުސާރަ ކުރިއަށް ވުރެ ކުޑަ ކަމަށް ބުނެ ނަރުހުން ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް ޓީޗަރުން ވެސް އެމީހުންގެ މުސާރައާ މެދު ހިތްހަމަ ނުޖެހި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
"ޖަސްޓިސް ފޯ މޯލްޑިވިއަން ނާސެސް" ހޭޝްޓެގް ބޭނުންކޮށް ނަރުހުން އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ޓީޗަރުން ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީޗަރުންގެ މުސާރައާ މެދު ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅު ކުރަން ފަށާފައެވެ. އެގޮތުން ނަރުހުންގެ މުސާރައާ މެދު ޝަކުވާކުރަނީތޯ ސުވާލުކޮށް ޓީޗަރުން ބުނަމުން އަންނަނީ ޑޮކްޓަރުންނާއި ލޯޔަރުން ފަދަ ޖީލަށް ބޭނުންވާނެ އެތައް ދާއިރާއަކުން ހަރުދަނާ މީހުން ބިނާ ކުރުމުގައި ބުރަ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު މުސާރައެއް ނުލިބޭކަމަށެވެ. އަދި ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 10،000 ރުފިޔާ ކިރިޔާ ލިބޭއިރު، އޯލެވެލް ނުވަތަ އޭލެވެލް ފެންވަރުގެ މީހަކު ހޮސްޕިޓަލެއްގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކޮށްގެން އެމިންވަރުގެ މުސާރައެއް ލިބޭކަމަށް ޓީޗަރުން އަންނަނީ ބުނަމުންނެވެ. އެކަމަށް ތާއީދުކޮށް ގިނަ އަދަދެއްގެ ޓީޗަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.

ނަރުހުންނާއި ޓީޗަރުންނަށް ވެސް ހަމަހަމަކަމާއެކު ރަނގަޅު މުސާރައެއް ލިބެން ޖެހޭނެކަމަށް އެއްބަޔަކު ބުނަމުން އަންނައިރު އަނެއް ބަޔަކު ބުނަމުން އަންނަނީ ނަރުހުންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ކުރާ ބުރަ މަސައްކަތް ނަރުހަކަށް ނޫނީ ނެނގޭނެކަމަށެވެ. އެހެންކަމުން ނަރުހުންނާއި ޓީޗަރުން އަޅާ ނުކިޔޭނެކަމަށް ނަރުހުން ބުނެއެވެ. ނަރުހުން ފިޔަވައި ސިވިލް ސާވިސްގެ އެހެން ހުރިހާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ހަގަޑިއިރު ނަމަވެސް ދާދިފަހުން ގެނައި ބަދަލާއެކު ނަރުހުންގެ ރަސްމީ ގަޑި ވަނީ ހަގަޑިއިރުން އަށް ގަޑިއިރަށް ބަދަލުވެފައެވެ. އެސަބަބާ ހުރެ އެއީ ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން ކަމަށް ވެސް ނަރުހުން ބުނެއެވެ.
ހިޔާލު

މީ

ނަރުހުން މަސައްކަތްކުރަނީ 8 އިރުނުން. ގެއަށް އައީމަވެސް އެ ދިއުޓީއާމެދު ވިސްނަށްޖެހޭތަ؟ ޓީޗަރަކު ބަލި އެދުގަ އޮވެގެންވެސް ވިސްނަންޖެހޭ އޭނަގެ ޑިއުޓީއަށްވާނެ ގޮތަކާމެދު! ޢެބައެއްގެ ބުރަކަން އެގޭނީ އެބަޔަކަށް! ވަކި ބައެއްގެ ވާހަކަ ނުދައްކަމާ!

މަރީ

ތިއެއް އިނގޭނީ މުދައްރިސަކަށް އައިސް އެ ވަޒީފާ އަަަދާކޮށްލިމަ.ނަރުހުން ނަަރުހުނަށް ފުރަަތަމަ ހަަދައިދެނީވެސް ޓީޗަރެއް.އެދުރެއް..އެދުރުމިހާއަށް އެންމެ ދަށް މުސާރަ

އާމިން

ޓީޗަރުންނަކީ ސަރުކާރު ބަންދު ދުވަހެއްވެއްޖިއްޔާ ގޭގަތިބޭ ބައެއް
ވާރޭވެހިލާ އިރަށް ޗުއްޓީ ދީފަ ގޭގަ
ސިއްހީ ދާއިރާގަ ތިބޭ ބަޔަކީ ވާރޭއަކަށް ހޫނަކަށް ބަލަން ޖެހޭ ބައެއްނޫން

ޑޭޝް

ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ނަކީ ބުރަ މަސައްކަތް ކޮށް ގެން ޑިއުޓީ އަދާ ކުރަމުން ދާ ބައެއް. އެހެންވީމާ، ސިއްޙީ ދާއިރާގެ މީހުންނާއި ޓީޗަރުންނާއި އަޅާ ނުކިޔޭނެ އިގޭ.

ަޢަލީ

އަބަދު ސިއްހީދާއިރާގަ މަސައްކަތް ކުރާމުވައްޒަފުންގެ ވާހަކަ ދައްކާއިރު އަހަުމެންނަކީ ސަރުކާރު ބަންދެއް ރަމަޟާންމަހު ފުރަތަމަ ދުވަހެއް ހައޖު ދުވަހެއް އީދުދުވަހެއް ޗުއްޓީ ދުވަހެއްގެ ގޮތުގަ ލިބޭބައއްނޫން

ހަމީދު

ޔާމީނު ހީކުރަނީ މުސްކުޅިވެރިންގެ މުސާރަ ބޮޑުކުރީމަ ނިމުނީކަމަށް. ސަރުކާރު ކުންފުނިތަކާ ސިވިލް.. މުވައްޒަފުން ނުދޭނެ ޔާމީނުަކަށް ވޯޓެއް މިހާރު މިހުރި މުސާރާގައެއް