Askaree Marukazeh Binaa Kuran Ulhey Vaahaka China inn Dhogukohfi
image
ޗައިނާގެ އަސްކަރީ މަރުކަޒެއްގައި ސިފައިންތަކެއް ތަމްރީނެއް ގައި
0 ކޮމެންޓް
 

އަސްކަރީ މަރުކަޒެއް ބިނާ ކުރަން އުޅޭ ވާހަކަ ޗައިނާއިން ދޮގުކޮށްފި

އަފްގާނިސްތާނުގައި ޗައިނާގެ އަސްކަރީ މަރުކަޒެއް އިމާރާތް ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޗައިނާއިން ދޮގުކޮށްފިއެވެ.
ހޮންގްކޮންގް ގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން ދަނީ އެގައުމުން ދަނީ އަފްގާނިސްތާނުގެ ސިފައިންނަށް އަމާޒުކޮށް ތަމްރީން ކޭމްޕެއް އަފްގާނިސްތާނުގައި އިމާރާތް ކުރަމުންނެވެ.

އެ އަސްކަރީ ކޭމްޕް އިމާރާތްކުރާނީ އަފްގާނިސްތާނާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ކަމަށްވެސް ހޮންގްކޮންގް ގެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެފަދަ އަސްކަރީ މަރުކަޒެއް އިމާރާތް ކުރަން ނޫޅޭ ކަމަށް ބުނެފައެވެ.

ޗައިނާގެ އަސްކަރީ ބާރު ގަދަކޮށް ސަރަހައްދު ގައުމުތަކުގައި ޗައިނާގެ މަރުކަޒުތައް ގާއިމުކުރަން އުޅޭ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. އަފްގާނިސްތާނުގައި އަސްކަރީ މަރުކަޒެއް ބިނާކުރަން އުޅޭ ކަމުގެ އަޑު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ފެތުރިފައިވާއިރު އޭރު ޗައިނާގެ ޑިފެންސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.
ހިޔާލު