Jareemaathakhaa Gulhigen Suu Kyi Isthiufaa Dheyn Jehey: UN
image
އާންގް ސަން ސޫކީ
0 ކޮމެންޓް
 

ޖަރީމާތަކާ ގުޅިގެން ސޫކީ އިސްތިއުފާ ދޭން ޖެހޭ: އދ

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރިމާތަކާޢި ގުޅިގެން އެގައުމުގެ ލީޑަރުކަމުގައި ހުންނެވި އާންގް ސަން ސޫކީ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޔޫއެންގެ ރިޕޯޓުގައި ބުނެފިއެވެ.
ޔޫއެންގެ ހައިކޮމިޝަނާ ފޮ ހިއުމަން ރައިޓްސްގެ ހައި ކޮމިޝަނާ އޮފް ދަ އޮފީސް ޒައީދް ރާދް އަލް ހުސައިން ވިދާޅުވީ ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ ސޫކީ އަމަލުކުރެއްވި ގޮތް ބަލައި ނުގަނެވޭނެ ކަމަށެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޖަރިމާތައް ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށް އދ. ގެ ފެކްޓް ފައިންޑިން މިޝަނުން ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ. ނަމަވެސް މިއަންމާ ސަރުކާރުން ވަނީ އެ ރިޕޯޓު ދޮގުކޮށްފައެވެ.

މިއަންމާއިން ބުނީ އދ. ގެ މިޝަން އިން މިއަންމާއަށް ވަނުމުގެ ހުއްދަ ނުދޭ ކަމަށާއި އެހެން ކަމުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ އެއްވެސް ނިންމުމެއް ގަބޫލު ނުކުރާޏެ ކަމަށެވެ.
ހިޔާލު