Modi Nepal ah Vadaigenfi
image
މޮޑީ
1 ކޮމެންޓް
 

މޮޑީ ނޭޕާލަށް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮޑީ ނޭޕާލަށް ވަޑައިގެންފިއެވެ.
މޮޑީ ނޭޕާލަށް ވަޑައިގެންނެވީ އެގައުމުގައި ކުރިއަށްދާ ހަތަރު ވަނަ ބޭ އޮފް ބެންގާލް އިނިޝިއޭޓިވް ފޮ މަލްޓި-ސެންޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯއޮޕަރޭޝަން (ބީއައިއެމްއެސްޓީއީސީ) ގައި ބައިވެރިވެވަޑަައިގަތުމަށެވެ.

އެ ސަމިޓަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ގުޅުން ބަދަހިކޮށް، ވިޔަފާރި ފުޅާކުރުމަށް ފުރުސަތުތަކެއް ލިބިގެންދާ ސަމިޓެކެވެ.

މޮޑީ ވިދާޅުވީ އެ ސަމިޓުގައި ބައިވެރިވުމަކީ އިންޑީއާއިން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށާއި އެއީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބިގެންދާ ކަމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ބަންގަލަދޭޝް އާއި ބޫޓާނާއި މިޔަންމާ އާއި ސްރީލަންކާގެ އިތުރުން ތައިލެންޑުން ބައިވެރިވާއިރު މޮޑީ ވިދާޅުވީ އެ ގައުމުތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.
ހިޔާލު

ހައްޤުބަސް.

މޮޑީ އޭ؟ އެހެންކިޔާ މީހަކު ނުހުންނާނެ އިންޑިއާގެ ބޮޑު ވަޒީރަކަށް.. މޯދީ ކިޔާ މީހެއް ހުންނަނީ އެމަޤާމުގަ.. މޮޑީ އަކީ އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރަކަށް ކިޔާ ވަނަމެއް..