Guguri Dhamantha? Mikan Kohlla Huttidhaane!
image
ގުގުރިދަމަންތަ؟ މިކަން ކޮށްލާ ހުއްޓިދާނެ!--
0 ކޮމެންޓް
 

ގުގުރިދަމަންތަ؟ މިކަން ކޮށްލާ ހުއްޓިދާނެ!

ގުގުރި ދެމުމަކީ މީހުން ވަރަށް ރުޅިއަންނަ ކަމެއެވެ. ގުގުރި ދަމާ މީހާގެ ސަބަބުން އޭނާ ކައިރީގައި ނިދަން އޮންނަ މީހާއަށް އުނދަގޫ ފަހަރު ގިނައެވެ. ގުގުރި ދަމަނީ ނޭފަތާއި ކަރުގެ ތެރެއިން ވައި ދައުރުވާން ޖާގަ ނުލިބޭތީ އެވެ. އެގޮތަށް ދިމާވުމުން ނޭފަތާއި ކަރުގައިވާ ޓިޝޫތައް ވައިބްރޭޓްވެ، ގުގުރި ދަމާ އަޑު އިވެ އެވެ.

ގުގުރި ދެމުން ހުއްޓުވުމަށް އެކަން ދިމާވާ ސަބަބު ދެނެގަތުން މުހިއްމެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއެކެވެ.

ގުގުރިދެމުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ގިނައިން ފެން ބުއިން
ކަރުން ފެން ހިކުމުން ނުވަތަ "ޑީހައިޑްރޭޓް ވުމުން" ވެސް ގުގުރި ދަމަން ފެށެ އެވެ. އެގޮތުން ގުގުރިދެމުން ހުއްޓުމަށް ދުވަހުގެ ގިނައިން ފެނާއި، އެހެން ދިޔާ ތަކެތި ބޯށެވެ.

ބަރުދަން ލުއިކުރުން
ބަރުދަނަށް އަންނަ ބަދަލާ ގުޅިގެންވެސް ގުގުރި ދެމަން ފަށައެވެ. އެގޮތުން މީހާ ކުރިއަށް ވުރެ ބަރުވާ ނަމަ އެއީ ވަރަށް އާންމުކަމެކެވެ. އެގޮތުން ބަރުދަން ލުއިކުރުމުން ބައެއް މީހުން ގުގުރި ދެމުން ހުއްޓިގެން ދާނެއެވެ.

ނޭފަތް ބެދުން ހުއްޓުވުން
ނޭފަތް ބެދުމުގެ ސަބަބުން ވެސް ގުގުރި ދެމެން އެކަށިގެންވެއެވެ. އެގޮތުން ނޭފަތް ބެދިފައިވާނަމަ ނިދުމުގެ ކުރިން ހޫނުފެނުން ފެންވެރުމާއި، ކަރުތެރެ ދޮވުމަށް ލޮނުފެން ބޭނުން ކުރުމާއި، ނޭސަލް ސްޓްރިޕް ބޭނުން ކުރުމުން ނޭފަތް ބެދުން ހުއްޓުވޭނެ އެވެ.

މިކަންތައްތައް ތަކުގެ އިތުރުން ރަނގަޅު ކާނާ ކައި، ގަވައިދުން ކަސްރަތުކޮށް އުޅުމުންވެސް ގުގުރިދެމުން ހުއްޓިގެންދާނެއެވެ.
ފޭޑި ސިއްހަތު
ހިޔާލު