Houthi ge 200 Hanguraamaverin Maraalaifi
image
ޓޭންކަރެއް
0 ކޮމެންޓް
 

ހޫތީންގެ 200 ހަނގުރާމަވެރިން މަރާލައިފި

ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ހަނގުރާމަވެރިންނާއި ކޮމާންޑަރުން މަރުވެއްޖެއެވެ.
ހަނގުރާމަވެރިންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ ޒަހަމްވެފައިވާއިރު ހޫތީންގެ ބައެއް މަރުކަޒުތަކަށް ވަނީ ވައިގެ މަގުން ހަމަލާދީފައެވެ.

އަރަބި ކޯލިޝަނުން ފާއިތުވި ދުވަސްތަކުގައި ދިން ހަމަލާތަކުގައި ވަނީ ހޫތީން ބެލެސްޓީކް މިސައިލް ފޮނުވުމަށް ބޭނުންކުރާ މަރުކަޒެއް ހަލާކުކޮށްލާފައެވެ. އޭގެ އިތުރުންވެސް ހޫތީންގެ 18 ތަނަކަށް ވަނީ ހަމަލާދީފައެވެ.

ޔަމަނުން ދަނީ ހޫތީން އުޅޭ ސަރަހައްދުތަކަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ސަރަހައްދުތައް ހޫތީންގެ އަތްދަށުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޔަމަން ހަނގުރާމަ
ހިޔާލު