Lhaviyani atholhu hospital ge imaaraathaai naifaru bandharu hulhuvai dhevvaifi
image
ރައީސް މިއަދު ނައިފަރުގައި
1 ކޮމެންޓް
 

ޅ އަތޮޅު ހޮސްޕިޓަލްގެ އިމާރާތާއި ނައިފަރު ބަނދަރު ހުޅުއްވައިދެއްވައިފި

ޅ ނައިފަރުގައި ޤާއިމްކޮށްފައިވާ ޅ އަތޮޅު ހޮސްޕިޓަލްހެ އާއިމާރާތާއި ނައިފަރު ބަނދަރު ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފިއެވެ. kobadoctor
ނައިފަރުގައި ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ޅ އަތޮޅު ހޮސްޕިޓަލާއި އެ ރަށުގެ ބަނދަރު ހުޅުވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ނައިފަރު ބަނދަރަކީ 1600 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި އެއަތޮޅު ހިންނަވަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.
ހިޔާލު

ައަހުމަދުކަލޭފާނު

ނައިފަރުގަ މިހާރުހުރި މިސްކިތްތައް ހުޅުވާނުދެއްވީ ކީއްވެބާ!؟