Idhikolhu meehunah adheeb athun laari eh nulibunu: Raees
image
ރައީސް ޔާމީން މިއަދު ނައިފަރުގައި
8 ކޮމެންޓް
 

އިދިކޮޅު މީހުންނަށް އަދީބު އަތުން ލާރިއެއް ނުލިބުނު: ރައީސް

އިދިކޮޅު ފަރާތްތަކުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަރިހަށް (ޖަލަށް) ލޯޔަރުން ފޮނުވައިގެން ކެމްޕެއިނަށް ލާރި ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި ނަމަވެސް އަދީބު އަތުން އިދިކޮޅު ފަރާތްތަކަށް ފައިސާ ނުލިބުނުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިއަހު ޅ ނައިފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އަދީބް ކައިރިއަށް ލޯޔަރުން ފޮނުވައިގެން ލާރި ހުރިތަނެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް އަދީބު އަތުން ކެމްޕެއިނަށް ލާރި އިދިކޮޅު ފަރާތްތަކަށް ނުލިބުނު ކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ އަދީބުގެ ޖަވާބަކީ "އަޅުގަނޑު މީ އެއް އިރެއްގައިވެސް ރާރި ގެންގުޅުނު މީހެއް ނޫން" ކަމުގައެވެ.

އިދިކޮޅު ފަރާތްތަކަށް އަދީބު އަތުން ފައިސާ ނުލިބުނު ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވިއިރު ފާއިތުވި ހަފްތާގައި ރަށަކަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީންވަނީ އެމްއެމްޕީއާރުސީގެ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ފައިސާއާއި އިދިކޮޅު ފަރާތްތަކާއިވެސް ގުޅުވާފައެވެ.

އެގޮތުން ރައީސް ޔާމީންވަނީ އިދިކޮޅު ކެމްޕެއިނަށް ފައިސާ ހޯދަނީ ކޮހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން މިވަނީ އަދީބު އަތުން އިދިކޮޅު ފަރާތްތަކަށް ފައިސާ ނުލިބުނުކަމަށް ވިދާޅުވެފައެވެ.
ހިޔާލު

ބޮންދު

އިދިކޮޅު އެކަންޏެއް ނޫން ދެއްތޯ؟ މަނިކުފާނު ފ. އަތޮޅު ވިއްކާލި ލާރި މަނިކުފާނަށްވެސް ނުލިބުނު ދެއްތޯ.

ހުސެން

ޢަދީބު ފައިސާ ގެންގުޅެއޭ ކިޔާ ފައިސާނުދެނީސް އިންސާނީ ހައްގެއް ނުދޭނަމޭކިޔާ ޔާމީން ތިކުރަނީކީއް.

އިބްރާހީމު

ސަރުކާރުގެ އެންޓި ކެމްޕެއިން އިބޫއަށް އެއް ވޯޓު ގެއްލޭނަަމަ ޔާމީން ގެ އަނގައިގެ ސަބަބުން ޔާމީނަށް ފަންސާސް ވޯޓު އެބަ ގެއްލޭ. ހަމަ ހިނި އަންނަނީ

ގެބްދިޔަދޯ

އދީބު އަތުގަ ނުހންނާނެކަން އިނގޭ. ޑޮލަރު ދަބަސްތައް ވެއްދިގޭމީހާ ބުނި އެގެއަށް ވެއްދިއޭ. އަދީބު ބުނި އެމީހާގެ އޭރުގެ މަސައްކަތަކީ ލާރި ގުނުމޭ.

ފައިސާ ފައިސާ

އެހެމްވީމާ އަދީބާއިމެދު އަޅުގަނޑުގެ ހިތުގައި އޮތް ޝައްކު ފިލައި އަސްލު ހިޔާނާތް ތެރިޔާ އެނގުނީއެވެ. މިކަލޭގެ ގިނަގިނައިން ޕޯޑިއަމްތަކަށް އަރުވަންވީއެވެ.

ދިގު ބޯ

އަދީބު ދޯ ލާރިގަނޑު ކާލީ ކަލެއަށް ބައިނާޅަ؟ އެހެންވެތަ އަދިވެސް މުޅިހިބަޅިދޫ ހާވަނީތި؟ ތިހާރިސްކް ބޮޑުކޮށް ތިޒާތުގެ ކަންކަން ކުރާއިރު ލަނޑުލިބޭނެ. ބެޓަރ ލަކް ނެކްސްޓް ޓައިމް ބްރޯ!

ދެކޭމީހާކިޔާމީހާ

މާލޭގެ މަގުތައްމަތީގައި މާރާމާރީއަކަށްފަހު މާރާމާރީއެއް، އެކަކަށްފަހު އަނެކަކު ކަތިލަމުންދާއިރުވެސް މިމަނިކުފާނުގެ ސިކުނޑިފުޅަށް ވެރިކަންދެމެހެއްޓުމާއި ލާރީގެމުޢާމަލާތްނޫން އެހެންއެއްވެސްއެއްޗެއް ނާރަނީބާވައެވެ؟

އަބުޅޮ

ގިނަގިނައިން ޕޯޑިއަމްތަކަށް އަރުވަންވީ! އެއިރުން ގޮވާކޮސް ގިނަވާނެ!