Falhuverinnah Veenuvee Eh Neyngiu Falhuvefai Oi Boateh Eggamah Laggaifi
image
ފަޅުވެރިން ނެތް ބޯޓެއް ފަރަށް އަރައިފި---
0 ކޮމެންޓް
 

ފަޅުވެރިން ނެތް ބޯޓެއް ފަރަށް އަރައިފި

ފަޅުވެރިން ނެތް ބޮޑު ބޯޓެއް މިޔަންމާގެ ފަރަށް އަރައިފިއެވެ.
މިޔަންމާގެ ފުލުހުން ބުނި ގޮތުގައި އެއީ އިންޑޮނޭޝިއާގެ ދިދަ ޖަހާފައި އޮތް ބޯޓެއް ކަމަށެވެ. ނަމަވެސް އެބޯޓަު ބަލައި ފާސް ކުރި އިރު އޭގައި އެއްވެސް ފަޅުވެރިއެއް ނެތް ކަމަށާއި އެބޯޓު ފަޅު ވެފައި ވަނީ ވަރަށް ފަހުން ކަމަށް އެނގިފައިވާ ކަމަށް މިޔަންމާ ފުލުހުން ބުނެއެވެ.

އެބޯޓުގައި އެއްވެސް ފަޅުވެރިއެއް ފެންނަން ނެތް އިރު އޭގައި އެއްވެސް މުދަލެއްވެސް ނެތް ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

މިޔަންމާގެ އޮޑި ދޯނި ފަހަރާ ބެހޭ ޖަމިއްޔާއިން ބުނީ އެބޯޓު އޮތީ އަދިވެސް ބޭނުން ކުރެވޭ ހާލަތުގައި ކަމަށާއި އެބޯޓު ފަޅުވީ ދާދި ފަހުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދުނިޔޭގެ ކަނޑު އުޅަނދުތައް ދަތުރު ކުރާ މަގުތައް ބަލަހައްޓާ ކުންފުނީގެ ވެބްސައިޓުން ދައްކާ ގޮތުގައި 'ސޭމް ރަޓުލަންގީ ޕީބީ 1600' ކިޔާ އެބޯޓަކީ 2001 ވަނަ އަހަރު ބަނދެފައިވާ ބޯޓެއް ކަމަށެވެ.

އޭގެ އިތުރުން އެވެބްސައިޓުން ދައްކާ ގޮތުގައި އެންމެ ފަހުން އެ ބޯޓު ދަތުރު ކޮށްފައި ވަނީ 2009 ވަނަ އަހަރު ޓައިވާންގެ ފަޅުބޭރުން ކަމަށެވެ.
ޓައިވާން މިޔަންމާ
ހިޔާލު