Sanjay Leela Bhansali Aaeku Masaikaiy Kuran Tiger Shroff Thahyaaru Vanee
image
ސަންޖޭ ލީލާ ބަންސާލީ އާއި ޓައިގާ ޝްރޮފް: ބަންސާލީ އާއެކު މަސައްކަތްކުރުމަށް ޓައިގާ ބޭނުންވޭ--
0 ކޮމެންޓް
 

ސަންޖޭ ލީލާ ބަންސާލީއާއެކު މަސައްކަތްކުރަން ޓައިގާ ޝްރޮފް ތައްޔާރުވަނީ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ޕްރޮޖެކްޓުގައި މަސައްކަތްކުރުމުގެ ފުރުސަތު މަޝްހޫރު ބަތަލު ޓައިގާ ޝްރޮފަށް ލިބިފައިވާކަމަށް ހަބަރުތައް ބުނެފިއެވެ.
ހަބަރުތައް ބުނަމުން އަންނަ ގޮތުގައި ސްޓޫޑަންޓް އޮފް ދަ ޔިއާ 2 ގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޓައިގާއަށް ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި އެފިލްމަކީ ހިޔާލީ އަދި އެޑްވެންޗަ ފިލްމެއްކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އެފިލްމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޓައިގާ އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވަނީ މީގެކުރިން ބައްދަލުވެސްކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަންޖޭ ފަދަ ކާމިޔާބު ޑައިރެކްޓަރަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ޓައިގާއަށް ލިބިފައިވާއިރު ސަންޖޭއަކީ ޓައިގާގެ ފޭވްރިޓް ޑައިރެކްޓަރުންގެ ތެރެއިން ޑައިރެކްޓަރެއް ވެސް މެއެވެ.

އުމުރުން 28 އަހަރުގެ ޓައިގާ މިހާތަނަށް ސަންޖޭއާއެކު މަސައްކަތްކޮށްފައެއް ނުވެއެވެ. އެންމެފަހުން ބާގީ ދޭ ގައި މަސައްކަތްކޮށްފައިވާ ޓައިގާ ސަންޖޭގެ އެފިލްމުގައި މަސައްކަތްކުރުމަށް ނިންމާފައިވާކަން ނުވަތަ ނޫންކަން އަދި ހާމައެއް ނުކުރެއެވެ.

ބޮލީވުޑުގެ ގިނަ ތަރިންތަކެއްވެސް މަސައްކަތް ކުރަން ބޭނުންވާ އެއް ޑައިރެކްޓަރުގެ ގޮތުގައި ސަންޖޭ ފާހަގަކުރެވޭއިރު އޭނާ ވަނީ ރާމްލީލާ އާއި ޕަދްމާވަތު އަދި ބާޖިރާއޯ މަސްތާނީ ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓުކޮށްފައެވެ.


ހިޔާލު