ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އިޖުތިމާއީ
ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މުޅި ވިލިމާލެއިން މާދަމާ ފެން ކަނޑާލަނީ- ފޮޓޯ: މޯލްޑިވްސް.ކޮމް---
1 ސެޕްޓެމްބަރ 2018
0 ކޮމެންޓް
Tweet
ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މުޅި ވިލިމާލެއިން މާދަމާ ފެން ކަނޑާލަނީ
ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ވިލިމާލޭއިން މާދަމާ ފެނުގެ ހިދުމަތް ކަނޑާލެވޭނެ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔުއެސް.ސީ) އިން ބުނެފިއެވެ.
އެމް ޑަބްލިއު އެސް ސީ އިން މިއަދު ކުރި އިއުލާންގައި ބުނީ 2 ސެޕްޓެމްބަރު 2018 ވާ އާދީއްތަ ދުވަހުގެރޭ 22:00 އިން ފެށިގެން 3 ސެޕްޓެމްބަރު 2018 ގެ މެންދަމު 01:00 އާ ހަމައަށް ފެނުގެ ހިދުމަތް ކަނޑާލާނެ ކަމަށެވެ.
އެކުންފުނިން ބުނީ ވިލިމާލޭގައި ގާއިމްކޮށްފައިވާ އެކުންފުނީގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަލާ ރޭ ކުރާއިރު ތިން ގަޑިއިރު ވަންދެން ވިލިމަލޭގެ އެއްވެސް ހިސާބަކަށް ފެނުގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. އަދި އެއަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދިފައިވެއެވެ.
މާދަމާ ރެއިން ފެށިގެން ތިން ގަޑިއިރު ވަންދެން ވިލިމާލެއިން ފެނުގެ ހިދުމަތް މެދު ކަނޑާލާއިރު މިދިޔަ ހަފްތާ ތެރޭގައި މާލެއިން ވަނީ ގިނަ ގިނައިން ކަރަންޓުގެ ކެނޑުމުގެ މައްސަލަތަކާ ދިމާވެފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މާލޭގެ ބޮޑު ހިސާބަކުން ކަރަންޓު ގޮސް ގިނަ އިރުތަކެއް ވަންދެން ކަރަންޓު ނުލިބުމުން ގިނަ އަދަދެއްގެ މީހުން ދިޔައީ މައްސަލަ ޖައްސަމުންނެވެ. އޭގެ އިތުރުން މިއަދު ހެނދުނުވެސް މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ގޮސްފައެވެ.
ގުޅުންހުރި
އެމްޑަބްލިއުއެސްސީ
ވިލިމާލެ
ސްޓެލްކޯ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ޑްރައިވަރު ގާސިމްގެ މަރަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލާނެ މީހަކު ނެތް؟!
35 މިނެޓު ކުރިން
ބީލަމަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުމުގެ އުސޫލަށް އިސްލާހުތަކެއް
40 މިނެޓު ކުރިން
މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
48 މިނެޓު ކުރިން
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކައުންސިލެއް އުފައްދަން ބިލެއް
1 ގަޑިއިރު ކުރިން
ކުޅުދުއްފުށީ ޒިގްޒެގް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށައިފި
1 ގަޑިއިރު ކުރިން