Kolamaafushin Hayyaru Kuri 18 Meehun Minivan Kurumah Ibu Govaalaifi
image
ކޮލަމަފުށިން ހައްޔަރު ކުރި 18 މީހުން މިނިވަން ކުރުމަށް އިބޫ ގޮވާލައިފި--
0 ކޮމެންޓް
 

ކޮލަމަފުށިން ހައްޔަރު ކުރި 18 މީހުން މިނިވަން ކުރުމަށް އިބޫ ގޮވާލައިފި

ގއ. ކޮލަމާފުށިގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްވެ އުޅުނު 18 މީހުން ނަހަމަ ގޮތުގައި ހައްޔަރު ކުރުމުން، އެމީހުން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރަށް ގޮވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ކޮލަމާފުށިން 18 މީހުން ހައްޔަރުކޮށްފައި މިވަނީ އެރަށުން އެމްޑީޕީގެ މެންބަރުން ނިކުމެ ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ގެއްލުންދީފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވަނިކޮށެވެ.

ނަމަވެސް މިއަދު އެރަށަށް ވަޑައިން ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިދިކޮޅޮ ކޯލިޝަން ކެންޑިޑޭޓް އިބޫ ވިދާޅުވީ ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ޕާޓީއެއްގެ ކޮންމެ ފަރުދަކަށް ތަފާތު ކުރުމެއް ނެތި ލިބިދޭން ޖެހޭ ހައްގެ ކަމަށެވެ. އަދި ކޮލަމާފުށިން ހައްޔަރު ކުރި މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިޔަށް ގެންދިޔަ ހަރަކާތަކުގައި ބައިވެރިވެގެން އެމަސައްކަތުގައި އުޅުނު ބައެއް ކަމަށް އިބޫ ވިދާޅުވިއެވެ.

"މަރަށުގައި އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކުގައި އިސްވެއުޅުނު 18 ބޭފުޅަކު މިވަގުތު ވަނީ ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ބަންދު ކުރެވިފައި. މިހާރުން މިހާރަށް އެހުރިހާ ބޭފުޅުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަން." އިބޫ ވިދާޅުވިއެވެ.

އޭގެ އިތުރުން އެދުވަހުގެ ހާދިސާ ހިނގި އިރު މޫދުގައި ތިބި މީހުންނާއި ރަށުގެ އަނެއް ފަރާތުގައި ކުލަ ލާން ތިބި މީހުންވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ.

ގއ. ކޮަލަމާފުށީގައި ސިޔާސީ ކަންކަން ހަލަބޮލިވުމާ ގުޅުގެން ފުލުހުން ވަނީ އިބޫ އެރަށާށް ވަޑައިގަތުން ބުއްދިވެރި މޫން ކަމަށް ބުނެ ދަތުރު ލަސް ކުރުމަށް އިލްތިމާޒް ކުރައްވާފައެވެ. ނަމަވެސް އިބޫ ވަނީ ލުހުންގެ އެދުމަށް ބެލުމެއް ނެތި އެރަށަށް ވަޑައިގެންފައެވެ.
ހިޔާލު