Thinadhoo Ah Rehabilitation Centre Akaai Tertiary Hopsitaleh
image
އިބޫގެ ވައުދު: ތިނަދޫއަށް ރިހެބިލިޓޭޝަން ސެންޓަރަކާއި ތާޗަރީ ހޮސްޕޮޓަލެއް--
0 ކޮމެންޓް
 

ތިނަދޫއަށް ރިހެބިލިޓޭޝަން ސެންޓަރަކާއި ޓާޝަރީ ހޮސްޕިޓަލެއް

ރިޔާސީ އިންތިހާބަށް ގިނަ ރަށްރަށަށް ކުރައްވާ ދަތުރު ތަކުގެ ތެރޭގައި ގދ. ތިނަދޫއަށް ވަޑައިގެން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
އެގޮތުން ރޭ އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެރަށުގައި މިހާރުވެސް ރީހެބިލިޓޭޝަން ބޭނުންވާ 400 މީހުން ތިބި ކަމަށާއި އެމީހުންނަށް ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަކާއި ޑީޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމް ކޮށްދޭނެ ކަމަށް އިބޫ ވައުދުވެ ވަޑައިގަތެވެ.

ރީހެބިލިޓޭޝަން ސެންޓަރުން ފަރުވާ ބޭނުންވެފައި ތިބި މީހުންގެ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެފަދަ ތަންތަނުން ޒުވާނުންނަށް ނުލިބޭތީ އެމީހުން ނުކުންނަން ޖެހެނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި މިފަދަ ޒުވާނުން ވަނީ ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުން ތަކުގައި ގެންގުޅޭ ބައެއް ކަމަށް ދިރާސާތަކުން އެނގޭ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ.

ހަމަ އެގޮތުން އިބޫ ވިދާޅުވީ އެރަށުގައި މިހާރު ބޭނުން ކުރަމުންދާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން ތިނަދޫއިން ރާއްޖެއިން ބޭރަށް ދަތުރުކޮށް މުދާ ގަނައުމުގެ ފުރުސަތު ހުޅުވާލާ އެކަން ހަމަޖައްސަދޭނެ ކަމަށް އިބޫ ވައުދުވެ ވަޑައިގަތެވެ. އިބޫ ވިދާޅުވީ މިހާރު އެފަދަ ކަންކަމަށް މަގު ބަންދު ވެފައި ވަނީ ސަރުކާރުތަކުން ގެނައި ސިޔާސަތުތަކެއްގެ ސަބަބުން ކަމަށެވެ.

ހިޔާލު