Qaanoon Asaasee ai Hilaafah Qaanoonuthakah Genai Badhaluthah Islah Kuraanan: Ibu
image
އިބޫ ގއ.އަތޮޅުގައި---ފޮޓޯ:އެމްޑީޕީ
1 ކޮމެންޓް
 

"ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތަކަށް ގެނައި ބަދަލުތައް އިސްލާހު ކުރާނަން"

ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތަކަށް މަޖިލީހުން ގެނެސްފައިވާ ހުރިހާ ބަދަލުތަކެއް އިސްލާހުކޮށް ގާނޫނު ހަމަތަކުގެ ތެރެއަށް ސަރުކާރު ގެންނާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވައުދުވެވަޑައިގެންފިއެވެ. Dhiraagu
ގއ.ގެމަނަފުށީގައި މިއަދު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކެމްޕޭން ކުރަމުން ދަނީ އިންސާފު އެންމެންނަށް ހޯދ ދިނުމަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގިނަ ބައެއްގެ ތާއީދާ އުންމީދާއެކު ކަމަށެވެ. އެކަމައްޓަކާ މަޖިލީހާއި އެހެނިހެން މުއައްސާސަތުން ވެސް އެއްބާރުލުން ދިން ކަމަށާއި ނަމަވެސް ރައީސް ޔާމީން މަސައްކަތް ފެއްޓެވީ އަމިއްލަ އެދުމާއި ބޭނުންތަކަށް ކަމަށް އިބޫ ވިދާޅުވިއެވެ. އެހެންވުމުން ކޯލިޝަންގައި ތިބި މީހުން ފަހަރަކު ބަޔަކު އެމަނިކުފާނާ ދުރަށް ވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވިއެވެ.

މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ގެއްލި އެމަނިކުފާނާއެކު މިއަދު ތިއްބެވީ 35 މެންބަރުން ކަމަށާއި މަޖިލީހުގެ މެންބަރުންތަކެއް އިދިކޮޅަށް ނުކުތުމުން ރައީސް ޔާމީން ފާލުން ނެއްޓި އަނިޔާވެރިކަން އިންތިހާއަށް އިސް ކުރެއްވި ކަމަށް އިބޫ ވިދާޅުވިއެވެ.

"ގާނޫނުތަކަށް ގާނޫނު އަސާސީއާއި ހިލާފަށް ގެނެސްފައިވާ ހުރިހާ ބަދަލެއް އަޅުގަނޑުމެން އިސްލާހު ކޮށް އަނެއްކާ ވެސް ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ގާނޫނުތައް ގެނެސް އިންސާފާ ހަމައަށް ސަރުކާރު ހިންގާތަން ފެނިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ ގާނޫނު އަސާސީއަށް ގެނެސްފައިވާ ދެ ބަދަލުތައް ވެސް އިސްލާހު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ހިޔާލު

ބާސް

ސާބަހޭ އީބޫ، ރައީސް ޔާމީނު ވަނީ މުޅި ޤައުމު އޮޅުން ބޮޅުން ކޮށް ޤާނޫނޫއަސާސީއާ ޤާނޫނުތަކަށް ބެއްލެވުމެއްނެތި މުއައްސަސާތަކުގެ ބާރުކަނޑުވާލާފާ