Zahamaa Eku Agil Thelhemun Dhiya Vedio eh, Kairee Baeh Meehun Balan
image
އާގިލުއަށް ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---
4 ކޮމެންޓް
 

ޒަހަމާއެކު އާގިލު ތެޅެމުން ދިޔަ ވީޑިއޯއެއް، ކައިރީގައި ބައެއް މީހުން ބަލަން

މާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ރޭ ހިންގި މާރާމާރީގައި މަރުވި ގދ.ފަރެސްމާތޮޑާއަށް ނިސްބަތްވާ އިބްރާހީމް އާގިލު އެމްއެމްއޭ ޖުމްހޫރީ މައިދާން ކައިރިއަށް ވެއްޓި ތެޅެމުން ދަނިކޮށް ފެންނަ ވީޑިއޯއެއް އާއްމުކޮށްފިއެވެ. Dhiraagu
ރޭ ހިނގި އެ މާރާމާރީގައި އާގިލުގެ މެއަށް ވަޅި ޖަހާފައިވާ އިރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި އާގިލު ވެއްޓިފައި އޮތް އިރު އެސަރަހައްދުގައި ބައެއް މީހުން ބަލަހައްޓައިގެން ތިބެއެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އިރު އާގިލު ޒަހަމާއެކު ވެއްޓި ތެޅެމުން ދިޔަ އިރު ބައެއް މީހުން އަޅާ ވެސް ނުލާ ބަލަން ތިބުމުން ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އާގިލު ތެޅެމުން ދިޔަ އިރު އެހީތެރިވެ ނުދީ ތިބި ތިބުމުން "ދިވެހިންގެ ތެރޭގައި އިންސާނިއްޔަތުކަން އޮތް މިންވަރު ހާމަވެ"އެވެ.

ބައެއް މީޙުން ބުނެފައިވާ ގޮތުގައި އެ ވީޑިއޯއިން މުޖުތަމައު ވެއްޓިފައިވާ ނުރައްކާތެރި ހާލަތު ހާމަވެއެވެ.

އާގިލުގެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްްޔަރުކޮށްފައެއް ނުވެއެވެ.
ހިޔާލު

ާްއެނޮނިމަސް

ލަދުން ބޯހަލާކު. މިއީ ހަމަ ދިވެހިން ބާ؟

މުރާލި

ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ގަބޫލުކުރަން. ނޫސްތަކުގައިވެސް ކަބަރު ލިޔާއިރު މީހުން ސުވާލު ނު އުފެދޭ ގޮތަށް ލިޔުން ރަނގަޅުވާނެ. އެހެން ނޫނީ ތަހުގީގަށް އޭގެ އަސަރުކޮށްފާނެ.

ލަކޫ

"ޤާތިލް ނުހޯދޭ ވެރިކަމުގެ ވެރިޔާ އަކީ އެ ޤަތުލުގެ ބައިވެރިޔެއް" ޝާހު ވަލިއްޔުއްލާ ދެހެލަވީ

ޣެންމެން

ތީ އަސްލު ވަރަށް ހިތާމަހުރި ކަމެއް، އެކަމަކު ބޮޑަށް ހީވަނީ ގޭންގް މީހެއްވީމާ ހެން ކައިރި ނުވީ! ޢެހީތެރިވާ މީހާޔަށްވެސް އެޓޭކް އައިސްދާނެ!