Sheikh Ilyasge Message: Aniyaaverikamaa Dhekolhah Hurihaa Rayyithun Nukunnavaa
image
ޝެއިހް އިލްޔާސް---ފޮޓޯ:ދި އިސްލާމް
4 ކޮމެންޓް
 

ޝެއިހް އިލްޔާސްގެ މެސެޖު: އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ނުކުންނަވާ

އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ނުކުތުމަށް އަދާލަތު ޕާޓީގެ އިލުމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.
ޝެއިހް އިލްޔާސް އެހެން ގޮވާލެއްވީ އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. މިއީ އިދިކޮޅު ކެމްޕޭން ޖަލްސާއެއްގައި ޝެއިހް އިލްޔާސް ހުސައިން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެއެވެ.

އިލްޔާސް ވިދާޅުވީ އަނިޔާވެރިވުން މާތްﷲ ނަހީ ކުރައްވާފައިވާ ކަމަށެވެ. ޝެއިހް އިލްޔާސް ވަނީ ބިރު ފަހަނަޅާ ނުކުމެ ހައްގު ބަަސް ބުނަން ގޮވާލައްވާފައެވެ. އިލްޔާސް ވިދާޅުވީ އިދިކޮޅު ޕޯޑިއަމަށް އަރާވަޑައިގެންނެވީ އެތައް ކަމެއް އަދުލު އިންސާފު ނެތި ހިނގަމުންދާ އިރު ދީނޭ ކިޔައިގެން ވާހަކަ ދައްކަމުން ގެންދާތީ ކަމަށެވެ.

އިލްޔާސް ވިދާޅުވީ އެންމެ ބޮޑު ފާފައަކީ ޝިރުކު ކުރުން ކަމަށާއި ދެވަނައަށް އޮތީ ހުރިހާ ބާވަތެއްގެ އަނިޔާވެރިކަން ކަމަށެވެ.

"އަނިޔާވެރިކަން ހުއްޓާލަން އެބަ ޖެހޭ. އަނިޔާވެރިކަމާ ދުރަށް ދާން އެބަޖެހޭ. އެ ނޫނިއްޔާ ﷲގެ ރަހުމަތް ނުލިބޭނެ. ﷲ އެރަހުމަތުން މަހުރޫމް ކުރައްވައިފި ނަމަ މުސްތަހީލު ކަމެއް އެމީހަކަށް ކުރި އެރުން ލިބުމަކީ،" އިލްޔާސް ވިދާޅުވިއެވެ.

އަނިޔާވެރިވުމުން ވެރިމީހާއާއި ދެކޮޅަށް އަޑު އުފުލޭނެ ކަމަށާއި އެއީ ހަވާރިޖުވުން ނޫން ކަމަށް ވެސް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އަނިޔާ ލިބޭ މީހާއަށް އެހީވެދީ، އަނިޔާވެރިވާ މީހާ ހުއްޓުވަން ވެސް ޖެހޭނެ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑު ގޮވާލަނީ ނިކުންނާށޭ. ނިކުންނާށޭ އަނިޔާވެރިކަމާ ދެކޮޅަށް. އަނިޔާވެރިކަމަކީ ކޯއްޗެއްކަން އަޅުގަނޑުމެންނަށް އެނގިއްޖެ. އެއްވެސް ހާލަތެއްގައި އަނިޔާވެރިކަން ހުއްދައެއް ނޫން،" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.
ހިޔާލު

ޤާދިރު

ޔާމީނަށް އޮތް ތާޢީދު ފެނިފަ ކެއް ނުކުރެވުނީދޯ؟ މި ވެސް ޝޭޚުން ވިއްޔާ..

ކުރަފަތް

ޝައިޚް ވިދާޅުވާ ހުރިހާ ވާހަކައެއް ޤަބޫލެއް ނުކުރެވޭ. ހުރިހާދުވަހަކު ތިއުޅުއްވަނީ ވެރިންނާ އިދިކޮޅަށް، ރަނގަޅުވެރިޔަކުނައި. ކޯލިޝަންގެ އެއްވެސް މާއްދާ އަކު އަދާލަތުޕާތީގެ އެއްވެސް ކަމެއްއަދިވެސް ނުހިމަނާ، ދެންކޮންއިރަކުތޯ ހިމަނާނީ ، އެޓީމުން ބާކީވާން ތައްޔާރުވެއްޖެ. ހިންގާނީ އަންނި މެނިފެސްޓޯ.

ހަހަހަ

މިހާރު ކަންނެލި އޮޑި ޝެއިޙަކަށް ބަދަލްވީ ތޯ؟ 😂😂😂😂😂

ާމިޒަމާނުގެ އިލިޔާސް

މީނަޔަށްވާނެ މިފަހަރު މިނިސްޓާރުކަންދޭން ރަގަޅު މަޤާމެއް ބޭނުންވެގެން އަނެއްކާވެސް ދުންތަރިއެއް ހެން އެނިކުތީ.....