Anurag Basu ge Kuriah Oih Filmun Bollywood ge Gina Tharin Ekugai
image
އަނޫރާގް ބާސޫ، އިޝާން، ތާޕްސީ، ސޮނާކްޝީ، ރާޖްކުމާރު، އަބީޝޭކް އަދި ސައިފް--
0 ކޮމެންޓް
 

އަނުރާގް ބާސޫގެ ކުރިއަށް އޮތް ފިލްމުން ބޮލީވުޑުގެ ގިނަ ތަރިން އެކުގައި

ބޮލީވުޑަގެ ކާމިޔާބު ޑައިރެކްޓަރު އަނުރާގް ބާސޫގެ ކުރިއަށް އޮތް ފިލްމުން ބޮލީވުޑުގެ ގިނަ ތަރިން އެކުގައި ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އަނުރާގު މިހާރު އަންނަނީ "އަ ލައިފް އިން މެޓްރޯ" ގެ ދެވަނަ ބައެއް ހެދުމަށް ވިސްނަމުންނެވެ. އެގޮތުން އެފިލްމުގައި ހަރަކާތްތެރިވާނެ ކާސްޓުން އޭނާ ވަނީ މިހާރު ފައިނަލް ކޮށްފައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

އެގޮތުން އެ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ފަރާތެއް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި ބުނީ އެފިލްމުގައި ތާފާތު އެކި ތަރިން އެކުގައި ފެނިގެންދާނެ ކަމަށެވެ. އެގޮތުން އެފިލްމުގައި ސައިފް އަލީ ހާނާއި، އަބީޝޭކް ބަޗަން އާއި ރާޖްކުމާރު ރާއޯ އާއި ސޮނާކްޝީ ސިންހާ އާއި ތާޕްސީ ޕަންނޫގެ އިތުރުން ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓާރު ވެސް ލީޑު ރޯލުން ފެނިގެން ދާނެކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ފިލްމުގެ އުފެއްދުންތެރިން އަންނަނީ އިތުރު އަންހެން ބަތަލާއެއް ހޯދަމުން ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ. އެފިލްމާބެހޭ ފޮތުން އަދި ރަސްމީކޮށް އެއްވެސް އިއުލާނެއްކޮށްފައިނުވާއިރު އެފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކޮން ކަމަކަށް ކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަނުރާގް އެންމެ ފަހުން ޑައިރެކްޓުކޮށްފައިވަނީ ރަންބީރާ ކެޓަރީނާ ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ޖައްގާ ޖާސޫސް" އިންނެވެ. އެފިލްމަށް ބޮކްސް އޮފީހުގެ އެހާބޮޑު ކާމިޔާބެއް ލިބިފައިނުވާއިރު އެފިލްމު ނެރެފައިވަނީ ދިޔަ އަހަރުއެވެ.
ހިޔާލު