Dhaandhoogai Ibuge Vaudhuthah Masverinnah
image
ގއ. ދާންދޫގެ ރައްޔިތުންނަށް މަސްވެރިކަން ފުޅާ ކުރުމަށް ބޮޑެތި ފުރުސަތުތަކެއް--
0 ކޮމެންޓް
 

ދާންދޫގައި އިބޫގެ ވައުދުތައް މަސްވެރިންނަށް

މަސްވެރިކަން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ ގއ. ދާންދޫގެ ރައްޔިތުންނަށް އެކަން ފުޅާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ގއ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުގައި މިއަދު ދާންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު މިހާރު ނުލިބޭ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ހިންގި އިރު ކިލޯއަކަށް 30 ރުފިޔާ އަށް އަގު އަރައިގެން ދިޔަ ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަގު ކޮންޓްރޯލް ކުރުމުގެ ސަބަބުން މަސްވެރިކަމަށް ލިބެންވާ ހެޔޮ އަގު ނުލިބޭ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުން މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖެއަށް އައިސް ސީދާ މަސްވެރިން އަތުން މަސް ގަނެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހަމަ އެގޮތުން ރާއްޖޭގައި އޮތް ސްޕެޝަލް އިކޮނޮމިކް ޒޯންގައި މިހާރު ހަމައެކަނި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުއްދަދީ މަސްވެރިކަމުގެ ފައިދާ އެފަރާތްތަކުން ހޯދަމުން ދިޔަސް، ކޯލިޝަން ވެރިކަމުގައި އެސަރަހައްދުގައި ގިނަދުވަސް ވަންދެން ދަތުރުކޮށް، މަސްވެރިކަން ކުރެވޭނެ ގޮތް ހަދާދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި މިހާރު 100 އަށް ވުރެއް ގިނަ އުޅަނދުތައް ހުއްދަނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅޭކަން އެނގޭ ކަމަށާއި ކޯލިޝަން ވެރިކަމެއްގައި ބޭރުގެ ފަރާތްތަކަށް ލައިސަންސް ނުދީ ރާއްޖޭގެ ކަނޑުތަކަކީ ހަމައެކަނި ދިވެހިންނަށް އޭގެ މަސްވެރިކަން ކުރެވޭނެ ތަނެއްގެ ގޮތުގައި ހަދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ހިޔާލު