Dr.shaheemge Bahuge Hamalathakeh Sheikh Ilyasah
image
ޝަހީމް ނޮޅިވަރަމްގައި ވާހަކަ ދައްކަވަނީ---ފޮޓޯ:ޝަހީމް މީޑިއާ ގްރޫޕު
9 ކޮމެންޓް
 

ޑރ.ޝަހީމްގެ ބަހުގެ ހަމަލާތަކެއް ޝެއިހް އިލްޔާސަށް

އަދާލަތު ޕާޓީގެ އިލުމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބަހުގެ ނުސީދާ ހަމަލާތަކެއް ދެއްވައިފިއެވެ.
ހދ.ނޮޅިވަރަމްގައި ޑރ.ޝަހީމް ނުސީދާކޮށް ޝެއިހް އިލްޔާސަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައި މިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއެކު އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމަށް ޝެއިހް އިލްޔާސް ރޭ ގޮވާލައްވާފައިވަނިކޮށެވެ.

ޑރ.ޝަހީމް ވިދާޅުވީ ދިވެހިން އެއްވެސް ޝޭހަކަށް ބިރު ގަންނަން ނުޖެހޭނެ ކަމަށާއި ފަސް އަހަރުން އެއްފަހަރު ޝޭހަކު ނުކުމެ ހުކުމެއް އިއްވައިގެން ވެރިކަން ވައްޓާލާކަށް ނުޖެހޭނެ ކަމަށެވެ.

"މިހާރު ﷲ ސުބްހާނަހޫ ވަތައާލާގެ ހަޟްރަތުން ވަހީބާވާލެއްވޭ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ. ނަބީ ބޭކަލުންގެ ރިސާލަތުތައް މާތް ﷲ ވަނީ މަތިވެރި ކުރައްވާފައި. މިހާރަކު ނޫޅޭނެ މާ ބަރަކާތްތެރި ބައެއް. އެމީހުން ހީކޮށްގެން ނުވާނެ، ތިމަންނަމެންގެ ދުލުން ބުނާހާ އެއްޗަކުން ވެރިކަމެއް ވެއްޓިގެން ހިނގައިދާނެ ކަމަކަށް. އެއަށް ރައްޔިތުން ބިރުގަންނަން ޖެހޭނެ ކަމަކަށް. އެއްވެސް ޝޭހަކަށް ބިރު ގަންނާކަށް ނުޖެހޭނެ މިހާރަކު. ﷲ ސުބްހާނަހޫ ވަތައާލާއަށް ބިރުވެތިވާން ޖެހޭނީ،" ޝަހީމް ވިދާޅުވިއެވެ.

ބައެއް އިލްމުވެރިން ރާއްޖޭގައި ނަސާރާދީން ފަތުރަން މަސައްކަތް ކުރި މީހުންނާ އެކު އެކަކަށް ކެމްޕޭން ކޮށްދެމުންދާ ކަމަށާއި އެކަން ހުއްޓާލާފައި ހައްގަށް ރުޖޫއަވާން ގޮވާލައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ކޯލިޝަންގެ ތެރޭގައި އެބަ އުޅޭ ބައެއް ދީނީ ބޭފުޅުން. އެބޭފުޅުން މިއަދު އެ މަސައްކަތް ކުރައްވަނީ ހާޑިންހަމްއާއި އެއްސަފެއްގައި. ރާއްޖޭގައި ނަސާރާ ދީން ފަަތުރަން މަސައްކަތް ކުރި މީހުންނާއެކު އެކަކަށް އެމީހުން ކެމްޕޭން ކޮށްދެނީ. މިއަށްވުރެ ބޮޑު އަނިޔާއެއް ދިވެހި ތާރީހު ނުދެކޭނެ،" ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ރޫޅޭނެ ކަމަށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދީ ރޭ ޝެއިހް އިލްޔާސް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޑރ.ޝަހީމް ވިދާޅުވީ ކޯލިޝަން އެންމެ ފުރަތަމަ ރޫޅާލާނީ ވެސް "އެމީހުން" ކަމަށެވެ. ޝަހީމް ވިދާޅުވީ އެބޭފުޅުންނަކީ ޝެއިހް އިލްޔާސް މެންގެ ޕްރެޝަރަށް ކޯލިޝަންތަކުން ނުކުމެ ތިބި މީހުން ކަމަށެވެ.

"ކޯލިޝަން ސަރުކާރުތަކުން ވަޒީފާ ލިބި އެބޭފުޅުންގެ ޕްރެޝަރަށް ސަރުކާރުތަކުން ނުކުމެ ތިބި ބައެއް އަޅުގަނޑުމެންނަކީ. މިހާރު ކޯލިޝަން ނުރޫޅޭނޭ ބުނާ އެމީހުންނަކީ އެންމެ ފުރަތަމަ ކޯލިޝަން ރޫޅާލާނެ މީހުން. އެމީހުން ކޯލިޝަން ރޫޅާލާކަށް ވެސް މާގިނަ ދުވަހެއް ނުވާނެ. ރާއްޖޭގައި ކޯލިޝަނެއް ހެދިފައި އޮތްނަމަ ކޯލިޝަން އެންމެ ފުރަތަމަ ރޫޅާލި ބަޔަކަސް އެމީހުން ވާނެ،" ޑރ.ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ "އަސްލު މީހާއަށް" ވެރިކަން ހޯދަން ދޮޅު އަހަރުގެ ވެރިކަމެއް ކުރަން ކަމަށާއި އެހެން ވެއްޖެ ނަމަ ރާއްޖެ އަނެއްކާ ވެސް ފަހަތަށް ދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"މިއަދު ކޯލިޝަންތައް ހަދައިގެން ފިތުނަވެރި ވާހަކަތައް ދައްކައިގެން ވެރިކަން ވައްޓައެއް ނުލެވޭނެ އިރާދަ ކުރެއްވިއްޔާ. މާތް ﷲ އިރާދަ ކުރެއްވިއްޔާ ތިޔަ ކޯލިޝަންގެ ސައިޒު ކޯލިޝަނަށް ދައްކާފަ، 23 ސެޕްޓެމްބަރުގައި އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނީ،" ޑރ.ޝަހީމް ވިދާޅުވިއެވެ.
ހިޔާލު

އިބްރާހީމު

ދެފުއްކެހެރި.... ޔާމީނު ބޫޓު ދިއްކުރީމާ ދޫލާން ބޭނުން ވާ މީހުން ވަރަށް މަދުވާނެ މި ރާއްޖޭ..."ޝެހް" ޝަހީމް... ހޯޕް ޔޫ ގޮޓް ވަޓް އައި މީން

އަހްމަދު

ޝަހީމް މެންކަހަލަ ޝޭޚުންނަކީ ފަހުޒަމާނުގަ ފެންނާނެކަމަށް ބުނެއުޅޭ ބަޔެކެވެ. އެޢީ މުންކަރާތްތަކާއި ފާހިޝް ކަންތކުން ދުރުވުމަށް ގޮވާލަމުން އެކަންތަކަށް އަރައިގަންނަމުން ދާމީހުންނެވެ

އަހައްމާ

ސަހީމްއަށް އެގޭތޯ މިސަރުކާރުގެ އެންމެކައިރި އެކުވެރިޔާ ޗައިނާއަކީ އިސްލާމް ދީން ދަމަހައްޓަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ގައުމުކަމަށް ޝަހީމްއަށް ޔަގީންވީތޯ ؟

ކާލި

ޝަހީމް ކޭވަރު އެގޭނީ ހަމަ ޝަހީމަށް ކަރުތާފެނުގައި ހުރެގެން ތިދައްކާ ވާހަކަ ޤަބޫލު ކުރާނެ މީހަކު ނޫޅޭ !

ނައިބް ރައީސް

ﷲ އަށް ބިރުވެތިވާތީތޯ އެމް.އެމް.ޕީ.އާރު.ސީ ރޯމާ ދުވާލު ދަވާލީ ގްރޫޕްތައް ފޮނުވަިގެން މީހުން މަރަނީ ، މީހުން ނިދާފަ ތިއްބާ ކޮޓަރިއަށް ކަމިކަލް ޖަހާގެން މީހުން މަރަނީ ހަމަ ﷲ އަށް ބިރުވެތި ވާލެއް ބޮޑުވީމަތަ މަގާމާއި، ފައިސާ އާއި ހޭބަލިވިޔަސް ބޮޑު ވަރު

ސައްޕޭ

ޝަހީމު ގޮވާގެން ދައުވާކުރަން ޖެހޭ، އޭނަ ސާބިތުކޮށްދޭންޖެހޭ ނަސާރާދީން ފަތުރަން މަސައްކަތްކުރީ ކާކުކަމާއި، ކޮންބައެއްކަން.

އަބުސީ

ވައްކަމާ ކޮރަޕްސަނާ އަނިޔާއާ ބޭއިންސާފާ ސިއްރުފެންފުށީ އަޅާއިގެންތިޔަ ހިމާޔަތްކުރާ ބުދުފައްޅިއާމިއީ ތޯ ތިޔަބުނާ ދީނުގެ އަސާސްތަކަކީ ރަސޫލުންނޭ ނަބީޔުންނޭ ކިޔާ އަގަހުޅުވާއިރު އެއްމެފަހަރަކުވެސް ﷲއަށްޓަކައި ބިރުވެތިވޭ! ފަހަތަން އެބުރިލައި ތިމާއަންމިހުރެވުނީ ކޮންތަނަކުތޯ ބަލައިލަބަލަ

ޙަސަން

ޝަހީމް ތިޔައުޅުއްވަނީ އަމިއްލަ އިއުތިރާފުން ތިމަންނާގެއަށް ރައްޔިތުންގެ ފައިސާ ވަންކަމަށް ބުނިމީހަކާ އެކު ދައުލަތުގެ ތިންބާރުގެ ތެރެއިން އަނެއްދެބާރު ޕެރެލައިޒް ކުރުވާފައިވާ ބޭފުޅަކާއެކު މިއައްވުރެ ބޮޑުއަނިޔާ އަދި ޚިޔާނަތަކީ ކޮބާ؟

ނަސްރު

ސްޕެއިންވެސް ހަލާކުވެ މުސްލިމުންގެ އަތުން ބީވެގެން ދިޔައީ އެކަހަލަ ޝެއިޚުންނާހެދި..