Chuhty Heydhakohlumah Saif Aai Kareena Taimur Aaeku Raajjey Gai
image
ކަރީނާ އާއި ސައިފް އަދި އެމީހުންގެ ދަރިފުޅު---
0 ކޮމެންޓް
 

ޗުއްޓީ ހޭދަކޮށްލުމަށް ސައިފް އާއި ކަރީނާ ތައިމޫރާއެކު ރާއްޖޭގައި

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު، އެމީހުންގެ ދަރިފުޅު ތައިމޫރު އަލީ ހާން ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ކަރީނާ އާއި ސައިފް ތައިމޫރު ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަން އެނގިފައެއް ނުވެއެވެ.

ސައިފް އާއި ކަރީނާ، ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް


-ތައިމޫރު ބަލަހައްޓާ މީހާ އޭނާ އުރައިގެން ހުއްޓާ.. ފަހަތުގައި ސައިފް

އުމުރުން 48 އަހަރުގެ ސައިފް އާއި 37 އަހަރުގެ ކަރީނާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރެވެ. އެމީހުންގެ ކައިވެންޏަށް ދަރިއަކު ލިބިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އުމުރުން އެންމެ އެއް އަހަރުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ ތައިމޫރަކީ މިވަގުތު ބޮލީވުޑުގައި މަސައްކަތް ކުރާ މީހުންގެ ދަރިންގެ ތެރެއިން އެންމެ މަޝްހޫރު "ސްޓާ ކިޑް" އެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް މައިންބަފައިންނާއެކު ތައިމޫރު އައިއިރު ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް ތައިމޫރު އައި ތިން ވަނަ މަންޒިލެވެ. މީގެ ކުރިން އޭނާ ވަނީ ސްވިޓްޑަލޭންޓާއި ލަންޑަނަށް ގޮސްފައެވެ.

އެންމެ ފަހުން ކަރީނާ ފެނިފައިވަނީ މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ވީރޭ ޑީ ވެޑިން" އިންނެވެ. އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިމިވަނީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް "ތަހުތު"ގެ މަސައްކަތް ފެށުމުގެ ކުރިން ފިރިމީހާ އާ ހުރި ހަމައެކަނި ދަރިފުޅާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ސައިފް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ނެރުނު ދެ ފިލްމު "ރަންގޫން" އާއި "ޝެފް" އިންނެވެ.
ހިޔާލު