Mane Miskithehge Faahaanaa Saafu Kuraa Video Eh Aamuve Eynaa Ah Thaureef Ohenee
image
ސަޑިއޯ މާނޭ (މ) ފޮޓޯ:---
0 ކޮމެންޓް
 

މާނޭ މިސްކިތެއްގެ ފާހާނާ ސާފު ކުރާ ވީޑިއޯއެއް އާންމުވެ ތައުރީފު އޮހެނީ

އިނގިރޭސި ފުޓްބޯޅަ ކްލަބު ލިވަޕޫލްއަށް ކުޅެމުން އަންނަ ސެނަގަލްގެ ސަޑިއޯ މާނޭ އޭނާ ދިރިއުޅޭ ސަރަހައްދުގެ މިސްކިތެއް ސާފު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އޭނާއަށް އެތައް ބައެއްގެ ތައުރީފު އޮހެން ފަށައިފި އެވެ.
މި ވީޑިއާ އަޕްލޯޑު ކޮށްފައިވާ ފަރާތުން ވީޑިއޯގެ ކެޕަޝަނެއްގެ ގޮތުގައި ލިޔެފައިވަނީ މިއީ ރޭ ޕްރިމިއާ ލީގުގައި ލިވަޕޫލުން ލެސްޓާގެ މައްޗަށް ކުރި ހޯދި މެޗުގެ ގަޑިއިރުތަކެއް ފަހުން ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. ބެލެވޭ ގޮތުގައި މާނޭ މިސްކިތުގެ ފާހާނާއާ ވުޟޫ ކުރާ ސަރަހައްދު ސާފު ކުރުމުގައި ބައިވެރިވެފައިވަނީ މެޗުގައި އޭނާއަށް ލިބުނު ކާމިޔާބީއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.



މިހާރު ދުއުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި މާނޭގެ އިތުރުން ކުޑަ ކުއްޖަކާ އެހެން ބަޔަކު ވެސް މިސްކިތުގެ ފާހާނާ ސަރަހައްދު ސާފު ކުރުމުގައި ބައިވެރިވެއެވެ.

ރޭގެ މެޗުގައި މާނޭ ލަނޑެއް ޖެހުމުގެ އިތުރުން އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗު ނިމުނުތާ ގަޑިއިރުތަކެއް ފަހުން އޭނާ މިސްކިތް ސާފު ކުރަނިކޮށް ނާގާފައިވާ ވީޑިއޯ އާއްމުވެ ވައިރަލްވެފައިވާއިރު އޭނާގެ ސަޕޯޓަރުން ދަނީ އޭނާއަށް ތައުރީފު އޮއްސަމުންނެވެ. ނަމަވެސް މާނޭ އަދި މިހާތަނަށް މި ވީޑިއޯއާ ގުޅިގެން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ސައުތްހަމްޓަން އިން ލިވަޕޫލާ ގުޅުމަށްފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ މާނޭ ވަނީ އެފްރިކާ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އޭނާގެ ފަރާތުން މި ސީޒަނުގައި މޮޅު ކުޅުމެއް ފެނިގެންދާއިރު އެޓީމުގެ މުސްލިމު ކުޅުންތެރިއެއް ކަމުގައި މުހައްމަދު ސަލާހު ވެސް ދަނީ އޭނާ މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ. މި ދެ ކުޅުންތެރިންނަކީ ދިވެހި ރާއްޖޭގެ އިތުރުން މުސްލިމް ގިނަ ގައުމުތަކުގެ ފުޓްބޯޅަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތައް ފަތަހަކޮށްފައިވާ ދެކުޅުންތެރިންނެވެ.
ހިޔާލު