Nufoozah lenbey feyfulhakah minivan mu'ahsasaa aku nuhureveyne: Ibu
image
އިބޫ މިއަދު ވިލިނގިލީގައި
0 ކޮމެންޓް
 

ނުފޫޒަށް ލެނބޭ ބޭފުޅަކަށް މިނިވަން މުއައްސަސާއަކު ނުހުރެވޭނެ: އިބޫ

އެއްވެސް ސިޔާސީ ނުފޫޒަކަށް ލެނބޭ ބޭފުޅަކަށް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުރެވޭނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ. Dhiraagu
ގއ ވިލިނގިލީގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކޯލިޝަންގެ ވެރިކަމެއްގައި އެންމެ އެންމެ މުހިއްމު ކަމަކަށްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމުގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ސަލާމަތީ ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުނެގެ ތެރެއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގައެވެ. އަދި އެފަރާތްތައް ސަރުކާރުގެ ކެމްޕެއިންގައި އުޅެމުން ގެންދާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މި ސަރުކާރުން ޝަރުއީ ދާއިރާއިންނާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އެގޮތުން އެތައް ބަޔަކަށް އަނިޔާދީ ވަޒީފާއިންވެސް ވަކިކޮށްފައިވާކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ވިޔަފާރިތަކަށް ގެއްލުން ދެމުން ގެންދާކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ މީރާއަކީ މީރާއަކީ ވިޔަފާރިތައް ބަނގުރޫޓްކުރާ ތަނަކަށް ވެގެން ނުވާނެ ކަމުގައެވެ.

އިބޫ މިރޭވެސްވަނީ އަނިޔާވެރިކަމުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ބަދަލު ހޯދައިދޭނެކަމަށާއި އަލުން ވަޒީފާވެސް ދޭނެކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް އިބޫ ތަކުރާކު ކުރެއްވިއެވެ.
ހިޔާލު