Fail Vedhaanethy Bireh Nuganey: Taapsee
image
ތާޕްސީ ޕަންނޫ--
0 ކޮމެންޓް
 

ފެއިލް ވެދާނެތީ ބިރެއް ނުގަނޭ: ތާޕްސީ

ފެއިލް ވެދާނެތީ ބިރެއް ނުގަންނަ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތާޕްސީ ޕަންނޫ ބުނެފިއެވެ.
"މުލްކް" އާއި "ސޫރްމާ" އަށް ފަހު މިއަހަރު ތާޕްސީގެ ތިން ވަނަ ފިލްމު "މަންމަރްޒިޔާން" މިމަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފިލްމުތަކާ ބެހޭގޮތުން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ތާޕްސީ ބުނީ ފެއިލް ވެދާނެތީ އޭނާ ބިރު ނުގަންނަ ކަމަށެވެ.

ތާޕްސީ ބުނިގޮތުގައި އޭނާ ފެއިލް ވެދާނެތީ ބިރު ނުގަންނަ ކަމުގެ ހެއްކަކީ އޭނާ ފިލްމުތަކުން ދައްކުވައިދޭ ޕާފޯމަންސް ތަކެވެ.

"އަމިއްލަ ނަފަސަށް ސުވާލުކުރަން، އަހަންނަށް ދިމާވެދާނެ އެންމެ ގޯސް ކަމަކަށްވާނީ ކޮންކަމެއްތޯ؟ އެއީ ފެއިލް ވުންތޯ؟ އޭގެ ސަބަބުން އަހަރެން ދިރިއުޅުން ހުއްޓާލަން ވީތޯ؟ ނޫން. އަހަރެން އަލުން މަސައްކަތް ކުރާނީ." ތާޕްސީ އިންޓަވިއުގައި ބުނެއެވެ.

އޭގެ އިތުރުން ތާޕްސީ ބުނީ އޭނާގެ ފިލްމުތައް ފެއިލް ވެއްޖެނަމަ އެހެން މަސައްކަތެއް ކުރާނީ ކަމަށެވެ. އަދި ފިލްމުގެ ސަބަބުން އޭނާ ދިރިއުޅުން ހުއްޓާނުލާނެ ކަމަށް ވެސް ތާޕްސީ ވަނީ ބުނެފައެވެ.

އަނޫރާގް ކަޝަޔަބް ޑައިރެކްޓު ކުރާ "މަންމަރްޒިޔާން" އަކީ ލޯބީގެ ވާހަކައެއްގެ މައްޗައް ހަދާ ފިލުމެކެވެ. އެފިލްމުގައި ތާޕްސީ އާއެކު ފެނިގެންދާނީ އަބީޝޭކް ބައްޗަނެވެ.
ތާޕްސީ ޕަންނޫ
ހިޔާލު