Jail inn Gaidheenthakeh Filaifi
image
ޖަލު-
0 ކޮމެންޓް
 

ލީބިޔާގެ ޖަލުން ގައިދީންތަކެއް ފިލައިފި

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ކައިރީގައި ހުރި ޖަލަކުން 400 އެއްހާ ގައިދީން ފިލައިފިއެވެ.
ގައިދީންތައް ޖަލުން ފިލާފައިވަނީ ފުލުހުންނާމެދު ހިނގި ކުރިމަތިލުންތަކަކަށްފަހު އާދިއްތަ ދުވަހު ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

އެގައުމުގެ ފުލުހުން ހާމަކުރި ގޮތުގައި ޖަލުގައި ތިބި ގައިދީން ޖަލުން ފިލީ، ގަދަ ބާރުން ޖަލުގެ ދޮރުތައް ހުޅުވައިގެންނެވެ.

ގައިދީން ފިލުމާއި ގުޅިގެން ޖަލު ބަލަހައްޓާ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީން ހުއްޓުވަން ޖަލު ބަލަހައްޓާ ފަރާތްތަކަށް ނުކެރުނީ ޖަލު ބަލަހައްޓާ ފަރާތްތަކުގެ ފުރާނައަށް ނުރައްކަލެއް ވެދާނެތީއެވެ.
ޖަލު ލީބިޔާ
ހިޔާލު