Thinadhoo In Ibu Ah Marhabaa Kiyan Nukui Fenakaige Muvahzafun Uthuruge Rahrashah
image
ކެމްޕެއިނަށް އިބޫ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާއި ކިޔަން ބަޔަކު ނުކުމެފައި---
4 ކޮމެންޓް
 

ތިނަދޫ އިން އިބޫއަށް މަރުހަބާ ކިޔަން ނުކުތް ފެނަކައިގެ މުވައްޒަފުން އުތުރުގެ ރަށްރަށަށް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާރު ގއ. އާއި ގދ. ގެ އަތޮޅު ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގދ. ތިނަދޫ އިން ނުކުތް ފެނަކައިގެ ބައެއް މުވައްޒަފުން ސަސްޕެންޑުކޮށް އަނެއް ބަޔަކު އުތުރު ރަށްރަށަށް ބަދަލުކޮށްފިއެވެ. Dhiraagu
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ 31 ގައި އިބޫ، ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފެނަކަ ކޯޕަރޭޝަންގެ ފަސް މުވައްޒަފަކު ނުކުމެފައިވެއެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން ތިނަދޫ އިންޖީނުގޭގައި އިންޖީނިއަރެއްގެ މަގާމުގައި ހުރި މުހައްމަދު ޝާހު ވެސް އިބޫއަށް މަރުހަބާ ދެންނެވުމަށް ނުކުމެފައިވާއިރު އޭނާ މިހާރު ވަނީ ހދ. ކުޅުދުއްފުށީ ފެނަކަ ބްރާންޗަށް ބަދަލުކޮށްފައެވެ. އަދި ތިނަދޫ ފެނަކަ ބްރާންޗުގެ އެކައުންޓްސް، އިންވެންޓްރީ އެންޑް ސްޓެޓިސްޓިކްސް ޑިޕާޓުމަންޓުގައި އޮފިސަރެއްގެ މަގާމުގައި ހުރި ޝިހާމާ އިބްރާހިމަށް ވެސް ވަނީ އޭނާގެ ވަޒީފާ ބަދަލުވިކަން އަންގާފައެވެ. އެގޮތުން އޭނާ ބަދަލުކޮށްފައިވަނީ ރ. އަތޮޅުގެ ފެނަކައިގެ ރީޖަނަލް އޮފީހަށެވެ. ފެނަކަ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ލަމްއާން ސޮއިކޮށް އެދެމީހުންނަށް އެކަން އަންގާފައިވާއިރު މިހަފުތާގެ ބުދަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަށް ޖެހޭނީ އެތަންތަނަށް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ފެނަކައިގެ ތިނަދޫ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ، މުހައްމަދު އަބްދުއްރަޝީދާއި، ހަސަން ސިއްދީގު ވަނީ ސަސްޕެންޑުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެދެމީހުން ވެސް ވަނީ އިބޫއަށް މަރުހަބާ ކިޔުމަށް ނުކުމެފައެވެ. އިބޫއަށް މަރުހަބާ ކިއުމަށް އެތަނުގައި މަސައްކަތް ކުރާ އިތުރު ދެ މުވައްޒަފަކު ވެސް ނުކުމެފައިވާއިރު އެދެމީހުންނާ މެދު ވަކި ގޮތަކަށް އަމަލު ކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފެނަކަ ގައްދޫ ބްރާންޗުގެ ސްޕަވައިޒަރެއްގެ މަޒާމުގައި ހުރި މުހައްމަދު ޝަރީފް މިހާރު ވަނީ ހދ. ހަނިމާދޫ ބްރާންޗަށް ބަދަލުކޮށްފައެވެ. އޭނާއަކީ ވެސް އިބޫއަށް މަރުހަބާ ކިޔުމަށް ނިކުތް މީހެއް ކަމަށް ވެއެވެ. އެބަދަލާއެކު މިހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޝަރީފް ވަޒީފާ އަދާކުރަން ޖެހޭނީ ހަނިމާދޫ ބްރާންޗުގައެވެ.

މީގެކުރިން ވެސް ސިޔާސީ ހެކި ހަރަކާތްތަކުގައި ބައިވެރިވި ބައެއް މީހުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދުރު ހިސާބުތަކުގެ ރަށްރަށަށް ވަޒީފާ ބަދަލުކޮށްފައިވެއެވެ. އެހެންނަމަވެސް ނާއިންސާފުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އިދިކޮޅު ވެރިކަމެއްގައި ވަޒީފާ އަލުން ލިބޭނެކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ހިޔާލު

އަހަންމާބެ

ބަދަލުތަކަށް ހޭނެން ދަސްކޮށްބަލަ.

ލަމްއާން

ފެނަކަ އެމްޑީ ލަމްއާން އެއީ އިންޑިއާ ކަހަލަ ގައުމުތަކުގަ މީހުން ޑޯގް ގެންގުޅޭ އުސޫލުން ޔާމީނު ގެންގުޅޭ ސޮރެއް.

7

ފެނަކަވެސް އަދި އެހެންކުންފުނިތަކުން އެތަންތަނަށް ބޭނުންވާ
ގޮތްގޮތައް މީހުންގެ ވަޒީފާތައް ބަދަލުކުރުމަކީ އަބަދުވެސް ކުރަމުން އަނަނަކަމެކެވެ އެއީ އިބޫއަށް މަރުޙަބާ ކިޔާތީ ވާކަމެއް
ނޫނެވެ

ސައިނީ

ކެކެކެކެެ ރާކަނިމަސް ކެވިފަ ހުންނާނީ އަދިވެސް ސަރުކާރު ކުންފުނިތަކުގެ ހިންގުމާ ހިލާފެވެވޭ ތޯބަލާ