Idhikolhah Minivankoh Muahsasaathah Nuhingeyne: Raees Yamin
image
ރައީސް ޔާމީން---
8 ކޮމެންޓް
 

އިދިކޮޅަށް މިނިވަންކޮށް މުއައްސަސާތައް ނުހިނގޭނެ: ރައީސް ޔާމީން

މުއައްސަސާތައް މިނިވަންކޮށް އިދިކޮޅު ސަރުކާރެއްގައި ނުހިނގޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. dhi2
އއިދިކޮޅު ސަރުކާރުގައި ނުފޫޒަށް ލެނބޭ ބޭފުޅަކަށް މިނިވަން މުއައްސަސާއެއްގައި ނުހުންނެވޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެފައިވަނިކޮށް މިއަދު އދ.މަހިބަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތަކަށް ކިތަންމެ މިނިވަން ބޭފުޅުންނެއް ވެސް ލެއްވިދާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ސަރުކާރެއްގައި އެ މުއައްސަސާތަކެއް މިނިވަން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރުގައި މުއައްސަސާތަކުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ މިސާލުތައް ފެއްޓެވީ މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ނުފޫޒާއެކު ސްޕްރީމް ކޯޓުން އަމުރެއް ނެރުމުން މިނިވަންކަން ދެމެހެއްޓޭނެ ވަރު ސާފު ކަމަށް ރައީސް ޔާމީން އިޝާރާތް ކުރެއްވިއެވެ.

އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ޖެއެސްސީއަށް ރައީސް އައްޔަން ކުރެއްވި މެންބަރު ފަނޑިޔާރުން ހުވާ ކުރުމަށް ހުރަސް އެޅި ކަމަށާއި، ރާވާފައި އޮތީ ވެރިކަން ބަދަލު ނުވި ނަމަ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު މީހަކަށް ނޫނީ ފަނޑިޔާރުކަން ނުލިބޭ ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރީ އެހެން ވެގެން ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. ޑރ.މުހައްމަދު ޖަމީލު އަހުމަދު ހައްްޔަރު ކުރީ މިނިވަންކަމުންތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

އިންތިހާބުގެ ދުވަސްވަރު އޭރުގެ އިލެކްޝަން ކޮމިޝަނަރާއި ރައީސް ނަޝީދު ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ކަމަށާއި ނަމަވެސް އެކަން ކޮމިޝަނަ ދޮގު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ފަހުން އެ ކޮމިޝަނަރު ހުންނެވީ އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ކެންޑިޑޭޓުކަން ހޯދަން ނުކުމެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހިޔާލު

ޙަސަންބެ

މިވަރުގެ ތިމާވަރުމީހަކު ނެތްކަމަށް ހީކުރާމީހަކަށް 2ވަނަ ދައުރެއް ދީފިނަމަ ކަލެއްކަމަށް ދައުވާކުރާތަންވެސް ފެނިދާނެ. އަވަހަށް މިކަމުން ސަލާމަތްވޭތޯ ބަލަމާހިނގާ.

ރައްޔިތުން

ހުރި ރައީސް ގެ ދައުރު ހަމަވަނީ 17 ނޮވެމްބަރަށް. އޭގެ ފަހުން ހުންނަ ރައީސަކަށް ޔާމީނާއި އަދި އިބު ކުރިމަތި ލައިގެން މި އުޅެނީ. ވީމާ 2 މީހުން ގެ ތެެރެއިން ވަކި މީހަކު ގެންނަން ސަރުކާރުގެ މުއައްސަސާތަކާއި މުވައްޒަފުން ހިންގާ ކަންކަމަކީ ޖަރީމާއެއް

ގޯދީރާޖާ

މިނިވަން މުއައްސަސާތައް ހިންގާނީ އެމުއައްސަސާތައް އަމިއްލަޔައް އިދިކޮޅަކުންނޫން. މިހާރުތިހިންގާގޮތަކައްނޫން

މަންމާފުޅު އަދުރޭ

ވާސަރީ މަނިކުފާނު، މިދިވެހި ޤައުމް މަނިކުފާނުގެ ވެރިކަމުގަ ނޫނީ މިނިވަން މުއައްސަސާތައް މިނިވަންކޮށް ދިޔަ ޒަމާނެއް ނުދެކޭނެ. އޭގެބައެއް އުސްއަލިތައް ތިރީގައި ހާމަކޮށްލެވޭތޯ މިނިކަމެތި އަޅުގަނޑު ބަލާލާނަން.
1. ބުރޯޑް ކާސްޓިންގް ކޮމިޝަންގައިތިބީ މަނިކުފާނުގެ ޕާޓީގަ ހާޑްކޯ މެމްބަރުން.
2. ޢިލެކްޝަން ކޮމިޝަންގެ ރައީސް އަކީ މަނިކުފާނުގެ ކަނާއަތޭ ބުނާތީ އިވޭ
3. ކޯޓް ތަކުގެ ޤާޒީންނަކީވެސް މަނިކުފާނުގެ އަޅުންނޭ ބުނާތީއިވޭ. ޙުކުމް ލިޔަނީ މަނިކުފާނުގެ އޮފީހުގެ ލީގަލް ދައިތަދެއްތޯ
4. އެޗް އާރްސީއެމް އިން ރިޕޯޓް ލިޔަނީވެސް މަނިކުފާނުބޭނުންވާގޮތައް

ކާލި

ސުޕްރިމް ކޯޓް ފަޅާލީ ކާކުތޯ ؟ ރާއްޖޭގެ ތާރީހުގައިވެސް ނުކުރާކަމެއް ކުރީ ކާކުތޯ ؟

ލަދު


1 ފެބުރުއަރީގައި ސުޕްރިމް ކޯޓަކުން ސަރުކާރެއް ދައުލަތެއް ވެއްޓޭ ފަދަކަމެއް ނުކުރޭ މައްސަލައެއް އަލުން ބަލަން އެންގުމަކީ މީހަކު ތުރުތުރު އަޅަންޖެހޭ ވަރު ކަމެއްތޯ؟ އޭގެ ފަހުން ރައީސު އަމަލު ކުރެއްވިގޮތުންވެސް އެބަޔަޤީންވޭ އެމައްސަލަ ތަކުގައި ގޯސް އުޅޭކަން އަލުން ހަމަބަލަން ޖެހޭކަން !

އަޙުމަދު

2018 ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓު އަމުރަކީ އެ ކޯޓުންނާއި އެހެން ކޯޓުތަކުން ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ކޮށްފައި ހުރި ނުބައި ޙުކުމް އިޞްލާޙުކުރަން ކޮށްފައިވާ އަމުރެއް ކަން ގްރޭޑް 7 ގެ ފެންވަރުގެ މީހަކަށް ވެސް އެނގޭނެއެވެ. ސަރުކާރުން އެކި ގޮތްގޮތަށް ނުފޫޒު ފޯރުވައިގެން ސުޕްރީމް ކޯޓުން ނެރުވި ޙުކުމް ކަމުދިޔަ ނަމަވެސް، ރަނގަޅު ޙުކުމް ސަރުކާރަށް ކަމުނުދިޔައީ ޔާމީނު އުންމީދުކުރި ގޮތަށް އެ ޙުކުމް ނައުމުންނެވެ.

ޠާ

ބަލަ ޔާމީނޫ! ޝަރީފު ކިޔާ މީހަކު ނަގާ ކޮމިޝަނަށްލީ އޭނާއަށް ކޭމްޕޭން ކުރާލެއް ފުރިހަަމަ ކަމުންތޯ؟ ގުދޯ ގުދޯ ނުގޮވާ!