23 September Ge Kurin Bridge In Ehves Fee Eh Nunagaane
image
ސިނަމާލެ ބްރިޖު-- ފޮޓޯ: އަވަސް
2 ކޮމެންޓް
 

23 ސެޕްޓެމްބަރުގެ ކުރިން ބްރިޖުން އެއްވެސް ފީއެއް ނުނަގާނެ

މާލެ އާއި ހުޅުލެއާ ދެމެދު ތަރައްގީކޮށްފައިވާ "ސިނަމާލެ ބްރިޖު" ގައި ދަތުރުފަތުރުކުރައިރު މިމަހުގެ ސެޕްޓެމްބަރު 23 ކުރިން އެއްވެސް ފީއެއް ނުނަގާނެކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ. dhi2
ޕީއެސްއެމްގެ "ސިނަމާލެ ބްރިޖު-ހުވަފެން ހަގީގަތަކަށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޭ ޒިޔާދު ވިދާޅުވީ ބްރިޖުގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާ ވާހަކަ އަދިނުވެސް ދައްކާކަމަށެވެ. އެހެންކަމުން މިހަފުތާގެ ހުކުރު ދުވަހު އާއްމުންނަށް ހުޅުވާލާ އެބްރިޖުގައި ހިލޭ ސާބަހަށް ދަތުރުކުރެވޭނެކަމަށެވެ. އެގޮތުން 23 ސެޕްޓެމްބަރުގެ ކުރިން އެއްވެސް ރައްޔިތެއްގެ އަތުން ފީއެއް ނުނަގާނެތީ އެކަމާއި ރައްޔިތުން ހާސްވާން ނުޖެހޭކަމަށް ޒިޔާދު ވިދާޅުވެއެވެ.

މީގެއިތުރުން، ޒިޔާދު ވިދާޅުވީ ބްރިޖު މަތީގައި ދަތުރުފަތުރުކުރާ ފަރާތްތަކުގެ އަތުން މިވަގުތު ފީއެއް ނުނެގިނަމަވެސް ފީއެއް ކަނޑައެޅުމަސް މިހާރު މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ އަގުހެޔޮކޮށް އެކަން ކުރެވޭނެ ގޮތެއް ބަލަމުން އަންނަކަމަށް ޒިޔާދު ވިދާޅުވެފައިވެއެވެ.

އެކަމާއި ގުޅޭގޮތުން ވީއެފްޕީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ވިދާޅުވީ، ޕީއެސްއެމްގެ އެޕްރޮގްރާމުގައި ޒިޔާދު ދައްކަވާފައިވާ ވާހަކައަކީ އެބޭފުޅާގެ އަމިއްލަ ހިޔާލުކަމަށެވެ. އަދި ބްރިޖުން ނަގާ ފީއާ ބެހޭ ތަފްސީލު އިއުލާނުކުރާނެކަމަށް ވެސް ފަޒާލު ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ކުލަގަދަ ހަވާއެރުވުމުގެ ރަސްމިއްޔާތަކާއެކު ސިނަމާލޭ ބްރިޖު ހުޅުވާފައިވާއިރު ހަތް ދުވަހުގެ މުއްދަތަކަށް އެތާރީހީ ބްރިޖު ހުޅުވުމުގެ އުފާފާޅުކުރަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ހިޔާލު

ހަބޭސް222

ނަގަން ކަނޑައެޅިފަ އިން އަގު ނަގަން ފައްޓައި ފިނަމަ ލިބެން ހުރި ވޯޓު ނުލިބިދާނެ ކަމަށް ފެންނާތީ! އިންތިޙާބު އިދިކޮޅުން ކާމިޔާބު ކޮށްފިނަމަ އެ ސަރުކާރަށް ދަތިކުރުމުގެ ގޮތުން އޮބިނޯންނަ ވަރުގެ ފީއެއް ނަގަން ރާވާފަ އޮތީ!

އަޙުމަދު

ސެޕްޓެމްބަރު 23 އާ ހަމައަށް ފީ ނުނަގާ ނަމަ، އެކަމާ ހާސްނުވާނީ އޭގެ ކުރިން ދުނިޔެ އަލައިދިޔަ ބައެކެވެ. އޭގެ ފަހުން ދުނިޔޭގައި ތިބޭ ބަޔަކަށް ރައްޔިތުންގެ ފައިސާއިން އެޅި ބުްރިޖު މަތިން ދަތުރުކުރުމަށް ފީެއް ނެގުމަކީ އެމީހުން ކަންބޮޑުވާނެކަމެކެވެ. އެހެނީ، އެމީހުންނަށް ބްރިޖުގެ އަގު މެދު ނުކެނޑި ތާއަބަދު ދައްކަންޖެހުމަކީ މައްސަލައެކެވެ.