Idhikolhu Ihthihaadhuge Jalsaa eh Caniva Sarahadhugai
image
އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް-ފައިލް ފޮޓޯ
3 ކޮމެންޓް
 

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް ކާނިވާ ސަރަހައްދުގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ކެމްޕޭނަށް މާލޭގެ އަލިމަސްކާނިވާ ސަރަހައްދު ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
މާލޭގައި ޖަލްސާ ބާއްވާނެ ތަނެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ހައުސިން މިނިސްޓްރީއަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އިދިކޮޅު ކޯލިޝަންގެ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 12:00 އަށެވެ.

މާލޭގައި ކެމްޕެއިން ހަރަކާތްތައް ހިންގާނެ ތަނެއް ނުލިބޭތީ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ޕީޕީއެމްގެ ޖަލްސާއެއް އަންނަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު

ޅލ

ބުރިޖް ދޭންވީ ނުންތޯ ! މިހާރު ދެން ހުރިހާ ކަމެއް ބުރިޖް މަތީގައި ނުންތޯ ؟

ﷲއަކްބަރު

ޑާހިތުން ދާނަން...ވ ދުވަހު ކެތްކޮށްފިން...ވަޒީފާއަށް ސަލާމް

އަޙުމަދު

ޝަހީމު މިއަދު ދިޔަ ރަށަކުން އޭނައަށް މަރުޙަބާކިއުމަށް ގޮސް ތިބީ ހައެއްކަ ޢާންމުންނާއި އެވަރަށް ފުލުހުން ކަމަށް ހީވާ ބައެކެވެ.