Thuthukudhin reendhoo T-shirt lahvaathee raees faadu vidhaalhuvejje
image
ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން: ފައިލް ފޮޓޯ
26 ކޮމެންޓް
 

ތުއްތު ކުދިން ރީދޫން ޓީޝާޓުން ލައްވާތީ ރައީސް ފާޑު ވިދާޅުވެއްޖެ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަންނަވާއިރު ތުއްތުކުދިން ރީނދޫ ޓީޝާޓް ލައްވާފައި ތިބޭތީ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. kobadoctor
އއ ތޮއްޑޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެންވެސް އެދޭ އެދުމަކީ ތުއްތުކުދިން ސިޔާސީ ކަންކަމުގައި ނުބެއްސުން ކަމުގައެވެ. ނަމަވެސް ވާދަވެރި ކެންޑިޑޭޓް ރަށްރަށަށް ވަޑައިގަންނަވާއިރު ތުއްތުކުދިން ރީންދޫ ޓީޝާޓްލައްވާފައި ތިބޭކަމަށް ވިދާޅުވެ ރައީސް ފާޑުވިދާޅުވިއެވެ.

ވާދަވެރި ކެންޑިޑޭޓް ކަމަށް ވިދާޅުވެ ކެންޑިޑޭޓް ނަމްބަރު ރައީސް ޔާމީނަށް ވިދާޅުވެވުނީ އެއް ނަންބަރު ކެންޑިޑޭޓްގެ ގޮތުގައެވެ. ނަމަވެސް ޖަލްސާގެ ތެރެއިން ކޮންމެވެސް މީހަކު އެކަން ރަނގަޅުކޮށް ދިނުމުން ރައީސް ވިދާޅުވީ އެއް ނަމްބަރު ކެންޑިޑޭޓް ރަށްރަށަށް ވަޑައިގަންނަވާއިރު އެކަހަލަކަމެއް ނުހިނގާނެ ކަމުގައެވެ.

އެހެން ކަމުން ރައީސް ޔާމީން ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް ނަމްބަރުދޭއް ރަށްރަށަށް ވަޑައިގަންނަވާއިރު ރީންދޫ ޓީޝާޓް ލައްވާފައި ތުއްތުކުދިން ނެރުނު ނަމަވެސް އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާއިރު އެކަން އެގޮތަށް ނުހިނގާނެ ކަމުގައެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް މިއަދުގެ ޖަލްސާކުރިއަށް ދިޔައިރުވެސް ފިޔާތޮށި ޓީޝާޓްލައްވާފައި ބައެއް ކުދިން ތިއްބެވެ. އަދި ދައުލަތުގެ މީޑިއާއިން ދުރަށްދައްކާ ރައީސްގެ ދަތުރުފުޅުތަކުގައި ޕީޕީއެމްގެ ޓީޝާޓާއި ފިޔާތޮށި ހެދުމުގައި ތިބޭ ކުޑަކުދިން އެތައް ފަހަރަކު ދައްކައެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރުވެސް ހުރި ރައީސްގެ ދަތުރުފުޅުތަކުގެ ފޮޓޯތަކުންވެސް ފިޔާތޮށި ހެދުން ލައްވާފައިވާ އެތައް ކުޑަކުއްޖަކާއި ޕީޕީއެމްގެ ޓީޝާޓް ލައްވާފައިވާ އެތައް ކުއްޖެއްގެ ފޮޓޯ ފެންނަން އެބަހުއްޓެވެ.

ސިޔާސީ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ކުޑަކުދިން ބައްސާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަން އެހެން ކުރާކަމުގައި ވަނީ ނަމަ މިއަދުވެސް ކުޑަކުދިންގެ މެދުގައި ވޯޓެއް ނެގިޔަސް އެކުދިންނަށް އެނގޭނީ "ޔާމީން ބޭބެ" ކަމުގައެވެ.
ހިޔާލު

ފާތުމަ

ޔާމީނު ކެމްޕޭނުގަ ކުޑަކުދިން ފިޔާތޮށި ކުލަައިގެ އެއްޗެހި ލެއްވީމާ ހަމަ ރަގަޅު ދޯ! މޮޅު ވާހަކަ ނުދައްކާ ހުރޭ ޔާމީނު. ނޯ ވޯޓު ފޯ ޔާމީނު. 😣😣😣😣

ކާލި

މައުމޫނުގެ ދުވަސް ވަރުގައި ވެސް ރައްޔިތުންނަށް އަނިޔާ ކުރި މީހުން މިހާރުވެސް ރައްޔިތުންނަށް އަނިޔާ ދެމުންދަނީ ހަމަ އެބައި މީހުން !

ސަންދޮ

މި ދެން ބޮޑު ވެއްޖެ ކަމެއް އިނގޭ!!
މަގޭ ދަރި! މަގޭ ޗޮއިސް. ކަލޭމެންނަކައް ނޭނގޭނެ އަހަރެން އަހަރެންގެ ދަރި ލައްވާނީ ކޮން ކުލައިގެ ހެދުމެއް ކަމެއް. ކަލޭ ކިތެއްމެ ރުޅި އަޔަސް. ބިހުގެ ބޭރުގަ ފިޔާތޮށި ކުލައް ޖައްސައިގެން ބަލަހައްޓައިގެން ހުރޭ. ނަމަނަމަ އެތެރެ ނުބަލަާތި. ތިމީހުން ބިރުން ހިއެ ފެޅިދާނެ.

ނީލަމް

ބަލަާ އެއް ހުވަާ. މޮޔަސޮރު ގުރަާދޫ ގަ ބަހައްޓަންޖެހޭނީ

ބަނޫ

މީނަ އިތުރަށް ވެރިކަމުގަ ހުރެއްޖެޔާ އަދި މިއަށްވުރެ ކޮސް ގޮވާނެ.

ޗާސް

ތިމަން މަނިކުފާނަކީ ދޮގުވެރިއެއްކަން ބަޔާން ނުކުރެއްވިއަސް ރައްޔިތުންނަށް އެނގެއޭ މަނިކުފާނުގެ ސިފަފުޅުތައް

ގަމާރު

ޚޮބާޢެއްފަރާތަށްޖެހިފަޥާ ނޫހެއްދޯމީ

ނުބައިހާނު

މަގޭ ދަރި ބުނީ ޔާމީން ފުރޭތަޔޯ

ސައްތާރުބޭ

މީނަ ސިކުނޑި ހަމަޖެހޭތޯ ސިކުނޑީގެ ޓެސްޓެއް ހަދަން އެބަޖެހޭ. އަދި ލޮލުގެ ޓެސްޓެއްވެސް ހެދުން ބުއްދިވެރި

އަހުމަދު

މީހުުންނާއިމެދު ޒާތީވެގެން އުޅޭ މީހެއްމީ... އަބަދުވެސް ހުރިހާ އެއްޗެއްވެސް މަށަށް.....
އެމީހެއްގެ ދަރިއަކުލައްވާނެ ޓީސާރޓެއްގެކުލަ އިނގޭނީ އެމީހަކަށް....

އަކުނުނު

މަނިކުފާނު ކާރީގައި އުޅުއްވަނީ ހައްތަހާވެސް ކުޑަކުދިން ޝައިނީ، އަނިލް، ސައީޒު، ތޯރިގު. ދެން ނަންކިޔާ ހުސްނުވާނެ ދެއްތޯ!

މިސްރާބު

ގޮވޭނުގޮވޭނޭގި އެންމެފަހުން ކުޑަކުދީންގެ މެދުގައި ސިޔާސީ ވޯޓެއް ނަގަންވެސް ގޮވާފި. އެޗްއާރސީއެމް އޮތީ ގަދަ ނިދީގައި ޓައި އަޅުއްވާގެން ނިދާފައި. މިއީ ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަމެއް އެކަމަކު އެކަން އިންސާފުވެރިކަމާއެކު ބަލާނެ ބަޔަކު ނެތް،

ހަބޭސް222

ހަމަބުއްދި ފިލާފަ ހޭނައަރާ ހުރިމީހެއް ވީމަ އެކަހަލަ ވާހަކަ ދައްކާނެ! އަހަރެންގެ ރައީސް ހާދަ ބިރެކޭ ރީދޫ ކުލަދެކެ ގަންނަނީ!

ގަމާރު

ރައީސް އެ ވިދާޅުވަނީ އެގޮތަށް ސިޔާސީ ކުލަތަކުގައި ދަރިން ނުޖެއްސެވުމަށް

ޖކކ

އެއްވެސް ރަށަކައް މަގޭ އަރާއިރު ޕިންކް ހެދުންނޫނީ ލައިގެން ނުވާނެއިނގޭ އެހެންކުލައެއްގެ ހެދުމެއްލައިގެން ހުރިއްޔާ ފުލުހުން ފޮނުވައިގެން ބާލާއިނގޭ ، ދިދައެއް ހުއްޓަސް ފޮޓޯއެއް ހުއްޓަސް ނަގާތި ، ދެން ރައްރަށައް އަރާފައި ފައިބައިގެން ދަމުން މިބުނަނީ އަޅޭ މިރަށުގައި ހާދަ މަށައް ތާއީދު އެބައޮތޭ އެހެންކުލަޔަކުން ހެދުންވެސް މީހުންނުލަނީއްޔޭ

ލަކޫ

ހިނި އަންނަ ޒާތުގެ ވާހަކަ ! މިރާއްޖޭގައި ތުއްތު ކުދިން ނުތިބޭ މިރާއްޖޭގައި އުޅެނީ ސިޔާސީ މީހުން !

ސަމާސާ

މިއީ ހާދަހާ ބޯ ބުރާންތި މީހެކޭ. ރީނދޫކުލައިން ﷲ އުފެއްދެވި ތަކެތީގެ ގިނަ ކަމާއެވެ. އެކަމަކު ޕިންކް އެއްޗެތީގެ މަދުކަމާއެވެ.

ގާޒީ

މަށައް މަމީ ކާކުކަން ނޭންގޭ މަމީ ކާކު؟ މަށައް މަގޭ ކެޑިޑޭޓު ނަމްބަރު ނޭގޭ މަމީކާކު؟

ޙުސެން

ކުޑަކުދިންވެސް ކިޔަނީ ވަގުކަލޭގެ.

ކަބަށިބަކަރި

މީވަރަށްދޮގުހަދާ އޮޅުވާލާ ވައްކަންކުރާ ވެރިއެއް

ޙުމާމު

ޔާމިނުބޭބެ ކުޑަކުދީންނަށް ވެސް އެެނގެނީ އަމިއްލަ ބޭބެ ޖަލަށްލައި އަނިޔާކުރާ ރަހުމެއް ހަމްދަރުދީއެއް ނެތް ޖައްބާރު ނުބައި ނުލަފާ މޫނުކުނުކޮށްގެން ހިނިތުންވާންނޭނގޭ ވެރިއެއްގެ ގޮތުގައި. ކުޑަކުދީން މަނިކުފާނަކާ ދޯޅެއް ނުވާނެ. ގަންނާނީ ބިރު.

ޠުޕި

ހެޔޮ ނުވާނެ މަނިކުފާނު، ކިޔާނެ އެއްޗެއް ނޭނގެންޏާ އެއްޗެއް ނުކިޔާ ހުރެބަލަ. މަނިކުފާނު ޖަލްސާތަކައް ބޯގިނަ ކުރަން ކުޑަކުދިން ގެންގޮސް ތިބޭ އިރު މަނިކުފާނު ދައްކަވނީ ކޮންކަހަލަ ވާހަކަތަކެއްކަން މަނިކުފާނަށް އެނގިލައްވާތޯ

ޖަސް

ރައީސް ޔާމީނަކީ ދޮގުވެރިއެއްކަން ދިވެހިންނަށް އަމިއްކލަފުޅަށް ސާބިތުކޮށްދެއްވަނީ>

ޢޯކޭ

ޢަހަރުމެން ދަރިން ކިޔަނީ ތިޔައީ ވަގުބޭބެ އޭ

ކެކުރި

އޭނަޢެބުނަނީ އޭނަ ރަށްރަށަށްދާއިރު ރީނދޫ ޓީޝާޓުގަ ކުދިން ނެރިފަ ނުތިބޭ ވާހަކަ. އެއީ ތެދެއް.

ބަޑިއެދުރު

ގުދޯގުދޯ