Haqqani Network ge Founder Maruvehje
image
ޖަލާލުއްދީން ހައްގާނީ
0 ކޮމެންޓް
 

ހައްގާނީ ނެޓްވޯކްގެ ފައުންޑަރު މަރުވެއްޖެ

ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހައްގާނީ މިލިޓަންޓް ނެޓްވޯކްގެ ފައުންޑަރު ޖަލާލުއްދީން ހައްގާނީ މަރުވެއްޖެއެވެ.
ޖަލާލުއްދީން ހައްގާނީ މަރުވިކަން އަފްގާނިސްތާނުގެ ތާލިބާން ޖަމާއަތުން މި ހަފުތާ ތެރޭގައި ވަނީ ކަށަވަރުކޮށްދީފައެވެ. ތާލިބާނުން ހާމަކުރި ގޮތުގައި ހައްގާނީ މަރުވީ ބަލިވެ އުޅޭތާ އަހަރުތަކަކަށް ފަހުއެވެ.

ހައްގާނީގެ މަރާއި ގުޅޭ ގޮތުން ތާލިބާން ޖަމާއަތުން މާބޮޑު ތަފުސީލެއް ހާމައެއް ނުކުރެއެވެ. ހައްގާނީ މަރުވީ ކޮންއިރަކު، ކޮންތާކު ކަމެއްވެސް އެ ޖަމާއަތުން ހާމައެއް ނުކުރެއެވެ.

ހައްގާނީއަކީ ތާލިބާން ޖަމާއަތާއި އަލް-ގައިދާއާވެސް ގާތް ގުޅުމެއް ބޭއްވި ފަރާތެކެވެ. ހައްގާނީ ނެޓްވޯކްއަކީ އަފްގާނިސްތާނާއި ނޭޓޯ ސިފައިންނަށް އަމާޒުކޮށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ދިން ހަމަލާތައް ރޭވުމުގައި ބައިވެރިވާ ޖަމާއަތެކެވެ.

2001 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުގެ ކަންކަން ބެލެހެއްޓުމުގައި ހައްގާނީގެ ދަރިފުޅު ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބެލެވިފައެވެ.
ހިޔާލު