Bharat gai Salmaan ge Bappa Aki Kaaku kan Ngeytha?
image
ސަލްމާނު ހާން--
0 ކޮމެންޓް
 

ބާރަތުގައި ސަލްމާނުގެ ބައްޕައަކީ ކާކުކަން އެނގޭތަ؟

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުމަށް ހަމަޖައްސާފައިވާ ބާރަތުގައި ސަލްމާނު ހާނުގެ ބައްޕައަކީ ކާކުކަން ހާމަކޮށްފިއެވެ.
ސަލްމާނު ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ އެފިލްމަކީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. ފިލްމުގެ ޓީޒާ މިހާރު ނެރެފައިވާއިރު ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާލާފައެވެ.

ސަލަމާން ހާން އާއި ކެޓްރީނާގެ އިތުރުން ފިލްމުގައި ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)، ސުނިލް ގުރޯވާ، އާސިފް އަދި ނޯރާ ވެސް ފެނިގެންދާނެއެވެ. ފިލްމުގެ ކާސްޓުންނާ ބެހޭގޮތުން އާ ވާހަކައެއް އަލީ އައްބާސް ޒަފަރު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެފިލްމުގައި ސަލްމާނުގެ ބައްޕަގެ ރޯލުން ފެނިގެންދަނީ ކާކު ކަން އޭނާ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ސަލްމާނު ބައްޕަގެ ރޯލުން ފެނިގެންދަނީ ޖެކީ ޝްރޮފެވެ. އަލީ އައްބާސް ޒަފަރު ބުނިގޮތުގައި އޭނާ ވަނީ ޖެކީއާ ވާހަކަ ދައްކާ ތާރީހު ތަކާއި ފިލްމުގައި ފެނިގެންދާނެ ގޮތުގެ މައްޗައް ވެެސް ވާހަކަ ދައްކާފައެވެ. އަދި ޖެކީ އަކީ އެރޯލަށް އެންމެ ރަނގަޅު މީހާކަމަށް ވެސް އަލީ އައްބާސް ޒަފަރު ވަނީ ބުނެފައެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.
ހިޔާލު