Maamigili Narudhamaage Nizaamu Raees Ifthithaahu Kohdhehvaifi
image
ރައީސް ޔާމީން މާމިގިލީ ރައްޔިތުންނާއި ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މާމިގިލީ ނަރުދަމާގެ ނިޒާމު ރައީސް އިފްތިތާހުކޮށްދެއްވައިފި

ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އދ. މާމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ރައީސް އަބްދުﷲ ޔާމީން އިފްތިތާހުކޮށް ދެއްވައިފިއެވެ.
އެރަށުގައި ނަރުދަމާގެ ނިޒާމު ސަރުކާރުން ގާއިމުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެންނެވެ. އެގޮތުން އެމަޝްރޫއުއަކީ 69,818,360.67 ރ. (ފަސްދޮޅަސް ނުވަމިލިޔަން، އަށްސަތޭކަ އަށާރަ ހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.

މާމިގިލީ ނަރުދަމާގެ މަޝްރޫއުގެ ދަށުން ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 19 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކޮށްފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. އެރަށުގެ 516 ގެއަކަށް މިހާރު އެހިދުމަތް އަންނަނީ ދެމުންނެވެ.
ހިޔާލު