Ranbir Ge Mamma Aai Bappa Ah Alia Varah Bodah kamudhaakamah Bunefi
image
ރިޝީ ކަޕޫރު އަދި ރަންބީރާއި އާލިއާ--
0 ކޮމެންޓް
 

ރަންބީރުގެ މަންމައާ ބައްޕައަށް އާލިއާ ވަރަށް ބޮޑަށް ކަމުދާކަމަށް ބުނެފި

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރާއި ބަތަލާ އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިފައިވަނީ މިއަހަރުގެ ކުރީކޮޅެއެވެ.
އެގުޅުން ރަންބީރު ވަނީ މީގެ ކުރިން މީޑިއާތަކަށް ކަށަވަރުވެސް ކޮށްދީފައެވެ. އެހެންނަމަވެސް އޭރު އެދެމީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާ ދެކޭގޮތް ހާމަކޮށްފައެއް ނުވެއެވެ. އިއްޔެ ރިޝީ ކަޕޫރު އޭނާގެ 66 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާއިރު އިއްޔެ އޭނާ ވަނީ އިންޑިއާގެ ނޫހެއްކަމަށްވާ މުމްބާއީ މިރާއަށް އިންޓަވިއުއެއްވެސް ދީފައެވެ. އާއިލާގެ ކަންކަމާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް ވެސް ރިޝީ އެއިންޓަވިއުގައި ޖަވާބުދީފައިވާއިރު އޭނާ ވަނީ ރަންބީރާއި އާލިއާގެ ގުޅުމާ ގުޅޭގޮތުން އެ ނޫހާ ވާހަަކަ ދައްކާފައެވެ.

އެގޮތުން ރަންބީރަށް އޭނާ ބޭނުން މީހަކާއި ކައިވެނިކުރުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކޮށް ރިޝީ ބުނީ ރަންބީރަށް އާލިއާ ކަމުދާކަމަށެވެ. އަދި ރިޝީ އާއި އޭނާގެ އަންހެނުން ނީތޫއަށްވެސް އާލިއާ ކަމުދާކަމަށް އޭނާގެ ވާހަކާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ ދެތިން މަސް ކުރިން އުމުރުން 35 އަހަރުގެ ރަންބީރު ވެސް ވަނީ އޭނާގެ ލޯބިވެރިޔާ އާލިއާގެ ބައްޕައާ އަދި ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓްއާ ބައްދަލުކޮށްފައެވެ. އަދި ރަންބީރު ކަމުދާކަމަށް މަހޭޝް ވެސް ބުނެފައިވެއެވެ.

ބޮލީވުޑުގެ ގިނަ ޖޯޑުތައް މިއަހަރުގެ ތެރޭގައި ކައިވެނިކުރާނެކަމަށް އަޑުފެތުރިފައިވާއިރު ރަންބީރާއި އާލިއާ ވެސް ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް ހަބަރުތައް ބުނެފައިވެއެވެ. އެގޮތުން އެދެމީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު "ބްރަހަމަސްތްރާ" ގެ ޝޫޓިންތައް މިހާރު ކުރިއަށްދާއިރު އެފިލްމުގެ ޝޫޓިންތައް ނިމުމާއެކު ދެފަރާތުގެ އާއިލާއިން ބައްދަލުކުރާނެކަމަށް ވެސް ހަބަރުތައް ބުނެފައިވެއެވެ.
ހިޔާލު