ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ދުނިޔެ
/
އޭޝީއާ
ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދެއް
5 ސެޕްޓެމްބަރ 2018
0 ކޮމެންޓް
Tweet
ތޫފާން ޖެބިގައި ނުވަ މީހުން މަރުވެއްޖެ
ޖަޕާނަށް އެރި ތޫފާން ޖެބިގައި ނުވަ މީހުން މަރުވެއްޖެއެވެ.
ފާއިތުވި 25 އަހަރުގެ ތެރޭގައި ޖަޕާނަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާނުގެ ގޮތުގައި ބެލެވިފައިވާ ތޫފާން ޖެބި ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖަޕާނުގެ ހުޅަނގުގެ ކިޔޮޓޯ އަދި އޮސާކާ އަށެވެ.
ތޫފާނާ ގުޅިގެން ފްލައިޓް ދަތުރުތަކާއި، ރޭލު ދަތުރުތަކުގެ އިތުރުން ފެރީދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. ޖަޕާނުގެ ނަގޮޔާ އާއި އޮސާކާއިން ގާތްގަނޑަކަށް 800 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ވައިގެ ބާރުމިން މިހާރު ވަނީ ދަށަށްދާން ފަށާފައެވެ. ތޫފާން މިހާރު އުތުރަށް ދަތުރުކުރަމުންދާއިރު ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ތޫފާނުގައި ބައެއް އިމާރާތްތަކަށް ގެއްލުންވެފައިވާއިރު ދެ މިލިއަނަށްވުރެ ގިނަ ގެއިން ވަނީ ކަރަންޓްގެ ހިދުމަތް ކެނޑިފައެވެ. ތޫފާނުގެ އަސަރު ކުރަމުންދާ ސަރަހައްދުގައި ހުރި ސްކޫލުތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
ގުޅުންހުރި
ޖަޕާން
ތޫފާން
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ސިޔާސީ ވާދަވެރިންނަށް ހުކުމް ޖެހުމަކީ ޤައުމީ ޚިދުމަތެއް ނޫން: ޑރ. ޖަމީލް
2 ގަޑިއިރު ކުރިން
ހިންގުންތެރި މަޖިލިސް ޗުއްޓީއަށް، ރައްޔިތުން ދޭނީ ކޮން ގްރޭޑެއް؟
2 ގަޑިއިރު ކުރިން
ގެއްލިގެން ހޯދަމުންދިޔަ ދެ ދިވެހިން ފެނިއްޖެ: އެމްއެންޑީއެފް
2 ގަޑިއިރު ކުރިން
ލޯބިވެރިޔާ އަރްހާނުގެ ދަރިއަކު ހުރިކަން ސަލްމާން ފަޅާ އަރުވާލުމުން ރަޝަމީއަށް ޝޮކެއް!
3 ގަޑިއިރު ކުރިން
"ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާން ނުކޮށް މަޝްރޫއުތައް ދެވިދާނެ"
3 ގަޑިއިރު ކުރިން