Madavelee ge Ihthihaadhu ge Jagaha ah Kalhutheyo Jahaifi
image
މަޑަވެލީ ހަކެނާ ޖަގަހައަށް ކަޅުތެޔޮ ޖަހާފަ
2 ކޮމެންޓް
 

މަޑަވެލީގެ އިއްތިހާދުގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ގދ. މަޑަވެލީގައި ހުރި އިދިކޮޅު އިއްތިހާދުގެ ޖަގަހައަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި މަޑަވެލީގައި ހުރި "ހަކެނާ ޖަގަހަ" އަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭ 12:00 އާއި 01:00 އާ ދޭތެރޭގައެވެ.

" ލަވަ ޖެހުން ހުއްޓާލާނެ ރޭގަނޑު 10 ޖަހާއިރު، ޖަގަހަ ބަންދު ކުރާނެ ރޭގަނޑު 12 ޖަހާއިރު. ޖަގަހަ ބަންދުކޮށްފަ ދިޔަ ފަހުން، އެހެން މީހަކަށް ފެނުނީ ކަޅުތެޔޮ ޖަހާފައި ހުއްޓަ" މަޑަވެލި ކައުންސިލުން ބުނެއެވެ.

މަޑަވެލި ކައުންސިލުން ބުނި ގޮތުގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިން މޭޓް ފައިސަލް ނަސީމަށް ކެމްޕެއިން ކުރުމަށް ހެދި އެ ޖަގަހަ ހުޅުއްވައި ދެއްވީ މީގެ ދެ ދުވަސް ކުރިން އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކަޅުތެޔޮ ޖެހީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި ތުހުމަތު ކުރެވޭ ބައެއްވެސް ނެތް ކަމަށްވެސް މަޑަވެލި ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް މަޑަވެލި ކައުންސިލް މެންބަރު ވިދާޅުވިއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު

ތެޔޮބުޅިއިނގިލި

ތެލުގެ ނުކިއްސަރުވިޔަފާރިއާ ގުޅިފައި ތިބި ބަޔަކަށް ހުރިހާ ޒާތެއްގެ ތެލެއް ވެސް ވަރަށް ފަސޭހައިން ލިބޭނެ. ތިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް. ތަހުޒީބު ބަޔަކު ތިކަހަލަ މުޑުދާރު ކަންކަމެއް ނުކުރާނެ. ސިއްރުން ދަންވަރު އަނިޔާނުދީ.

މަޑަވެލި މީހާ

އެމީހުން އަމިއްލަޔަށް ލޯބިން އަޅާފަ އެހެރީ..ދުރުން ޖަހާފަ ހުރި ތެލެއްނޫން އެއީކީ