Indiage Bridgeh Vetti Gina Bayakah Aniya Vejje
image
އިންޑިއާގެ ބްރިޖެއް ވެއްޓި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާ ވެއްޖެ--
0 ކޮމެންޓް
 

އިންޑިއާގެ ބްރިޖެއް ވެއްޓި ގިނަ ބަޔަކަށް އަނިޔާ ވެއްޖެ

އިންޑިއާގެ ކަލްކަތާގައި ހަދާފައިވާ ބްރިޖެއް ވެއްޓި އެކަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. kobadoctor
އެބްރިޖް ވެއްޓުމާއެކު އެކަކު މަރުވެފައިވާއިރު ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، ބައެއް މީހުން އެބްރިޖްގެ ދަށުގައި ތާށިވެފައިވާކަ މަށް ރިޕޯޓްތަކުން ބުނެއެވެ. މަޖެރްހަޓް ބްރިޖް ދަށުގައި ވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.

އަސްކަރިއްޔާއާއި އަމިއްލަ ބައެއް ފަރާތްތައް ގުޅިގެން ބްރިޖް ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބްރިޖް ވެއްޓުނު ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. އެސަރަހައްދުގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީ ވިދާޅުވި ގޮތުގައި ބްރިޖް ވެއްޓުނު ސަބަބު ފަހުން ބަލާ ހޯދާނެ ކަމަށާއި މިހާރު އެންމެ ބޮޑަށް ބާރު އަޅަންވީ ބްރިޖުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

އިއްޔެ ވެއްޓުނު ބްރިޖަކީ ކަލްކަތާގެ ދުވަސްވީ ސަރަހައްދެއްގައި ހުރި ރޭލު މަގެއްގެ މަތީގައި ހަދާފައިވާ ބުރިޖެކެވެ. އަދި ފަހަކަށް އައިސް އެފަދަ ބްރިޖްތައް ބާވެ، ވެއްޓުން ދަނީ އާންމު ވަމުންނެވެ. އެގޮތުން މިދިޔަ އަހަަރު ދިއްލީގައި ބްރިޖެއް ވެއްޓީ، 20 މީހުން ވަނީ މަރުވެފައެވެ.
ހިޔާލު