9 Aharuge Kujjaku Bayaku Lavvaa Rapekoh Maraalumuge fahathugai Dhon Mamma
image
ދޮންމަންމަގެ ރުހުމާއެކު 9 އަހަރުގެ ކުއްޖަކު ގޭންގް ރޭޕްކޮށް، މަރާލައިފި--
0 ކޮމެންޓް
 

9 އަހަރުގެ ކުއްޖަކު ބަޔަކު ލައްވާ ރޭޕުކޮށް މަރާލުމުގެ ފަހަތުގައި ދޮން މަންމަ

ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލު ކުރަމުންދާ ސްރީނަގަރުގައި ދޮން މަންމައަކު އޭނާގެ އުމުރުން ނުވަ އަހަރުގެ ދޮން ދަރިފުޅު ބަޔަކު ލައްވާ ރޭޕުކޮށް މަރާލައިފިއެވެ.
އެ މައްސަލަ ފެންމަތިވެފައިވަނީ ނުވަ އަހަރުގެ އަންހެން ކުއްޖާ ގެއްލިގެން އަންހެން ކުއްޖާގެ ބައްޕަ ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އަންހެން ކުއްޖާގެ ބައްޕަ މައްސަލަ ހުށަހަޅާފައިވަނީ އެ ކުއްޖާ ރަހީނު ކުރި ކަމުގެ ތުހުމަތުކޮށެވެ. އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް އަންހެން ކުއްޖާގެ ހަށިގަނޑު އެސަރަހައްދު ވަލު ތެރެއިން ފެނުނު އިރު އަންހެން ކުއްޖާ ވަނީ ރޭޕުކޮށް މަރާލާފައެވެ. އޭގެ އިތުރުން އަންހެން ކުއްޖާގެ ދެ ލޯ ކޮނެގެން ނަގާފައިވާ އިރު އަންހެން ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނަސް ކޯރާޑިއަކުން ހަމަލާދީ ވަރަށް ބޮޑަށް ގެއްލުން ދީފައިވެއެވެ. އަދި އެއީ ކާކުގެ ހަށިގަނޑު ކަން ނޭނގޭ ގޮތަށް ހެދުމަށް އަންހެން ކުއްޖާ މަރާލުމަށްފަހު އެސިޑް ވެސް އަޅާފައިވާ ކަމަށް އެސަރަހައްދުގެ ފުލުހުން ބުނެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި އަންހެން ކުއްޖާގެ ދޮން މަންމައާއި އަންހެން ކުއްޖާއާއި އެއްބަފާ ބޭބެއާއި ބޭބެގެ ދެ ރަހުމަތްތެރިއަކާއި އިތުރު ދެ މީހަކު ވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ އެ މީހުން ކުށަށް އިއުތިރާފުވެފައިވާ ކަމަށް ބުނެފައެވެ.

ތަހުގީގުގައި އެ ކުއްޖާ ރޭޕުކޮށް މަރާލީ ދޮން މަންމަ ބޭނުން ވެގެން ކަމަށާއި އެ ކުއްޖާ ދެކެ ދޮން މަންމަ ރުޅި އައީ ކުއްޖާއަށް އޭނާގެ ފިރިމީހާ މާ ބޮޑަށް ލޯބި ދޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާ ރޭޕު
ހިޔާލު