Raees Yameenge Campaignun Goi Husvehjje: Mariya
image
ރައީސް ޔާމީންގެ ކެމްޕޭނުން ގޮތް ހުސްވެއްޖެ: މާރިޔާ---
0 ކޮމެންޓް
 

ރައީސް ޔާމީންގެ ކެމްޕޭނުން ގޮތް ހުސްވެއްޖެ: މާރިޔާ

ރައީސް ޔާމީންގެ ކެމްޕޭނުން ގޮތް ހުސްވެގެން ދަނީ އެކިގޮތް ގޮތުން އިދިކޮޅު ކެމްޕޭނަށް ގޯނާ ކުރަމުންކަމަށް އިދިކޮޅު އިއްތިހާރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މާރިޔާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭނުން ގޯނާ ކުރުމުގެ ގޮތުން އިދިކޮޅު ކެމްޕޭނުގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ހައްޔަރު ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮލަމާފުށިން ހައްޔަރު ކުރި މީހުންގެ ތެރެއިން 18 މީހުން ޓެރަރިސްޓުން ކަމަށް ބުނެ ހައްޔަރު ކުރި ވާހަކަ މާރިޔާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ރޭ އައްޑު މީދޫގައި ހުރި އިދިކޮޅު ފަރާތްތަކުގެ ޖަގަހައިގަ ރޯކޮށްލާ އަންދާ ހުލި ކޮށްލި ކަމަށް މާރިޔާ ވިދާޅުވިއެވެ. ހަމަ އެގޮތުން އިދިކޮޅު ފަރާތްތްތަކަށް ގޯނާ ކުރުމުގެ ގޮތުން މަޑަވެލި ޖަގަހައަށް ރޭ ކަޅުތެޔޮ ޖަހާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ކެމްޕޭންގައި ކަން ކުރާނެ ރަނގަޅު ނަސޭހަތެއް، ރަނގަޅު ގޮތްވެސް ކިޔާދޭނެ މިހާކު ނެތީހެން. ރާއްޖޭގެ މީހުން އެންމެ ނަފްރަތު ކުރާތަން މިފެންނަނީ. ވަޅިޖެހުން، މާރާމާރީ ހިންގުން، ހަމަނުޖެހުން ތަކެއް ހިންގާފައި އެއްފަރާތައް ތިބޭ މީހުން ހައްޔަރު ކުރުން." މާރިޔާ ފާހަގަ ކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކަށް ކުރާ ގޯނާތައް ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ އިބޫގެ ސަރުކާރުން ކޮށްދޭނެ ކަންކަން ބެނަރުގައި ޖެހީމައި ރައްޔިތުންގެ މަގުބޫލުކަން އެތަނަށް ލިބޭތަން ފެނުމުން އެބެނަރުތައް ނަގައި، ބެނަރުތައް މަތީ ފިޔާތޮށި ބެނަރުގައި ހަމަ އެވާހަކަތައް ޖަހާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ މީދޫގެ އެޑްވާންސް ޖަގަހާގައި ރޯކޮށްލުމުގެ ސަބަބުން އެ ޖަގަހާގައި ހުރި ސްޕީކަރުތަކާއި ކެމްޕޭނަށް ބޭނުން ކުރާ ހުރިހާ ތަކެއްޗެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެނގިފައިވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޖަގަހަ ރޯކޮށްލި މައްސަލަ މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށާއި ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ހަމަ އެގޮތުން ކަޅުތެޔޮ ޖެހި މައްސަލަވެސް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ހިޔާލު