10 Aharah Fahu Bhansali Aaeku Salman Masaikaiy Kuranee
image
ސަންޖޭ ލީލާ ބަންސާލީ އާއި ސަލްމާން ހާން--
1 ކޮމެންޓް
 

ދިހަ އަހަރަށް ފަހު ބަންސާލީއާއެކު ސަލްމާން މަސައްކަތްކުރަނީ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު މަޝްހޫރު ބަތަލު ސަލްމާން ހާން މަސައްކަތްކުރަން ނިންމައިފިއެވެ.
ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ނިންމާފައިވާކަން ސަލްމާން ހާން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން މިއީ ބަންސާލީ ޑައިރެކްޓުކޮށް 1999 ނެރުނު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި މަސައްކަތްކުރި ފަހުން ސަލްމާން އޭނާއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި ސަލްމާން ބުނީ، އޭނާ ބަންސާލީއާއެކު ފިލްމެއްގައި މަސައްކަތްކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ތެދެއްކަމަށެވެ. އެހެންނަމަވެސް އޭނާ ލީޑުން ފެނިގެންދާ އެފިލްމުގެ ސްކްރިޕްޓް މިހާތަނަށް ކިޔާފައިނުވާކަމަށް ވެސް ސަލްމާން ބުނެއެވެ. އަދި ފިލްމާއި ގުޅޭ އިތުރު ތަފްސީލެއް ވެސް ސަލްމާން ހިއްސާކޮށްފައެއް ނުވެއެވެ.

ގިނަ ކާމިޔާބު ފިލްމުތައް ބޮލީވުޑުގައި އުފައްދާފައިވާ ބަންސާލީއާއެކު މަސައްކަތްކުރަން ގިނަ އެކްޓަރުން ބޭނުންވެއެވެ. ރޭސް ތިނެއްގައި އެންމެ ފަހުން މަސައްކަތްކޮށްފައިވާ ސަލްމާނު އޭނާގެ ކުރިއަށް އޮތް ފިލްމު "ބާރަތު"ގެ ދެވަނަ ޝެޑިއުލުގެ ޝޫޓިންތައް މިހާރު ވަނީ ނިންމާލާފާއެވެ. އެހެންނަމަވެސް، ބާރަތުގެ ޝޫޓިންތައް ނިމުންނަމަވެސް މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 12" ލޯންޗުކުރުމުގައި މިވަގުތު ސަލްމާން އުޅޭނީ ވަރަށް ބިޒީކޮށެވެ.

ހިޔާލު

އ.ޖ.އ

އަޅުގަނޑަށް ގަބޫލުކުރެވެނީ 20 އަހަރު ކަމަށް.