MDA inn Coalition Nahadhan Ninmai, Free Whip eh Nerefi
image
އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް--ފައިލް ފޮޓޯ އެމްޑީއޭ
7 ކޮމެންޓް
 

އެމްޑީއޭ އިން ކޯލިޝަން ނުހަދަން ނިންމައި، ފްރީ ވިޕެއް ނެރެފި

މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކޯލިޝަން ނަހަދަން ނިމައި، މެންބަރުން، އެ މެންބަރުން ބޭނުން ޕާޓީއަކާ ގުޅިގެން ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭން ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ. muni
އެމްޑީއޭއިން އެ ގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ކައުންސިލު ބައްދަލުވުމެއްގައެވެ.

އެމްޑިއޭއިން އެގޮތަށް ނިންމާފައިވާ ކަމަށް ވިއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވީ ނަމަވެސް އެޕާޓީގެ ރަޖިސްޓްރާ މުހައްމަދު އުމަރު ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.

އެމްޑީއޭ އިން އެ ނިންމުން ނިންމާފައިވާއިރު އެމްޑީއޭ އަދިވެސް އޮތީ ސަރުކާރާއެކު ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.

"އެމްޑީއޭ އަދިވެސް އަޅުގަނޑުމެންނާ އެކު ކޯލިޝަންގައި ދެމި އެބައޮތް،" މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީއޭއިން ފްރީ ވިޕެއް ނެރެފައިވާ އިރު ސިޔާމް ރައީސް ޔާމީނާއި ދުރަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ހަބަރުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. ސިޔާމް ވަނީ އެމްޑީއޭ ހިންގުން މިހާރު އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފާ ހަވާލު ކުރައްވާފައެވެ.
ހިޔާލު

ާއަލީ

20% ދޭންބުނި ނަމަވެސް  ނުދިން. ޝިޔާމް ކެތްތެރި ހިއްވަރު ގަދަ ބޭފުޅެއް 5އަހަރު ނަމޫނާ ދައްކަވައިފި..

ޓަގު

ކަލޯ ދޮގު ހަބަރު ފަތުރަައިގެން ދޯ ކައޭ ގޯތި މީހުނ

ސައިނީ

ކަލޯގަޔާ އޮޑިން ފުންމާލާ ގަޑި ޖެހެނީ ތާ!

އަހުމަދު687

ކޮބާ ތިޔަހަދާ ދޮގުތަށް އެޔޮއް ބޭޒާރުވީ! އެޔޮތީ އެމްޑީއޭއިން އިއުލާން ކޮއްފަ ތިޔަފަދަ ކަމެއް ނުހިނގާކަން! ދޮގު ހަބަރު ފަތުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ!

އަޙުމަދު

އެމްޑީއޭ އިން ކޯއަލިޝަނެއްގައި ބައިވެރިނުވަން ނިންމީ އެ ޕާޓީއަށް މަޖުބޫރުވެގެން ކަމަށް ބެލެވެއެވެ. ޕާޓީއަކުން މެމްބަރުންނަށް އެމީހުން ބޭނުން ސިޔާސީ ޕާޓީއަކާއި އެކު ކެމްޕެއިންކުރަން ދޫކޮށްލުމުގެ ނަތީޖާއަކީ އެ ޕާޓީއެއް ގާތްގަނޑަކަށް އުވުނީއެވެ. ބާކީ އޮންނާނީ އީސީގެ ދަފުތަރުން ވަކިވުމެވެ.

ނަމީ

އިންތިޚާބު ކައިރިވަމުން ދިއަވަރަކަށް ރައީސް ޔާމީނާއި މިސަރުކާރު ދާނީ ބަލިކަށިވަމުން އެކަނިވެރިވަމުން އިންޝާﷲ،

ޟަރީ

ޚޮބާ އެންމެފަގުން ޟިޔާމު ވެސް ދޯކާ ދިނީދޯ މަ ހަމަ ހިނި އަންނަނީ ދެެން އެންމެ އަވަހައް ލަންޑު ދޭނީ އަދުރޭ އާ ނިހާނު