Salah Ge Demand Egyptun Gaboolu Koffi
image
މުހައްމަދު ސަލާހް ފޮޓޯ:--
0 ކޮމެންޓް
 

ސަލާހުގެ ޑިމާންޑް މިސްރުން ގަބޫލުކޮށްފި

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހްމަދު ސަލާހް މިސްރުގެ ގައުމީ ޓީމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްދިނުމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެއްބަސްވެއްޖެ އެވެ.
ގައުމީ ޓީމާއެކު ކޭމްޕު ކުރުމުގައި ސަޕޯޓަރުންގެ ފަރާތުން ސަލާހުއަށް ކުރިމަތިވާ އުނދަގޫތަކާ ގުޅިގެން ސަލާހް އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްދޭން އެދި ފޮނުވި ސިިޓީގެ ޖަވާބުގައި މިސްރުގެ ފުޓްބޯޅަ އިދާރާއިން ފުރަތަމަ ބުނެފައިވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާ މެދުވެސް އަމަލު ކުރަނީ އެއް އުސޫލަކުން ކަމަށާއި ވަކި ކުޅުންތެރި އަކަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިދެވެން ނެތް ކަމަށެވެ. ނަމަވެސް ސަލާހްގެ މި މައްސަލަ ހޫނުވެ އޭނާ ގައުމީ ޓީމަށް ކުޅެމުން ހުއްޓާލާނެ ކަމުގެ ބިރު ބޮޑުވެފައިވަނިކޮށް މިސްރުން ވަނީ އޭނާގެ ޑިމާންޑް ގަބޫލުކޮށްފައެވެ.

ސަލާހުގެ އެދުމާ އެއްގޮތަށް މިސްރުން އެޓީމުގެ ކުޅުންތެރިން ކޭމްޕު ކުރާ ހޮޓެލުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމާފައިވާއިރު ހޮޓެލަށް އިތުރު ބަޔަކަށް ހުއްދަ ނެތި ނުވަދެވޭނެ އިންތިޒާރު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 26 އަހަރުގެ ސަލާހްގެ ސިކިއުރިޓީ ވަރުގަދަ ކުރަން މިސްރުގެ ޓީމުން ނިންމިއިރު އޭނާ އަކީ މިހާރު ފުޓްބޯޅަ ދުނިޔޭގައި އެންމެ ނަން ހިނގާ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމާއި ގުޅިގެން އޭނާ ވަނީ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވާޑަށް ނޮމިނޭޓުވެ ގަދަ 3 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ހިޔާލު