Gaumee salamathai gulhun huri thanthan siyaasi nukuraanan: Ibu
image
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް
1 ކޮމެންޓް
 

ގައުމީ ސަލާމަތާއި ގުޅުންހުރި ތަންތަން ސިޔާސީ ނުކުރާނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގައުމީ ސަލާމަތާއި ގުޅުންހުރި ތަންތަން ސިޔާސީ ނުކުރާނެ ކަމަށާއި އެފަދަ އެއްވެސް ތަނެއް ސިޔާސީ ބޭނުމުގައި ބޭނުން ނުކުރާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެއެވެ.
އިބޫ މިހެން ވިދާޅުވީ ކޯލިޝަނުން މިރޭ ހއ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ކޯލިޝަންގެ ޤައުމީ ސަލާމަތުގެ އޮނިގަނޑު އާންމުކުރައްވަމުންނެވެ.

އިބޫ ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް ޤައުމީ ސަލާމަތުގެ އޮނިގަނޑު ބައްޓަންވެފައި އޮންނަންޖެހޭނީ މުސްތަގުބަލާއި ގުޅިފައި ކަމުގައެވެ. އަދި ކޯލިޝަންގެ ވެރިކަމެއްގައި ޤައުމީ ސަލާމަތާއި ގުޅުން ހުރި ތަންތަން ސިޔާސީ މަންފާއަކަށް ބޭނުން ނުކުރާނެކަމަށާއި ޤައުމީ ސަލާމަތަށް ނުރައްކާވުމަކީ ސިޔާސީ މީހުންނަށް ފިޔަވަޅު އެޅުމަށް ބޭނުންކުރާ ކަމަކަށް ހެދުންވެސް ނުމުމަކަށް ގެންނާނެކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓް ގާޑާއި މެރިން ޕޮލިސްގެ ފްލީޓް އިތުރަށް ފުޅާކޮށް ހާއްސަ ތަމްރީންތަކެއް ދޭނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އެ މީހުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނުވާނެ ކަމަށާއި ސިޔާސީ ފަރާތްތަކުން ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވުންވެސް ހުއްޓުމަކަށް ގެންނާނެކަމަށް އިބޫ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އައްޔަނުކުރުމަކީ ސިޔާސީކަމެއްގެ ގޮތުގައި އޮތްއޮތުންވެސް ނިމުމަކަށް ގެންނާނެކަމަށް އިބޫ މިރޭވަނީ ވިދާޅުވެފައެވެ.
ހިޔާލު

އައި

ފުލުހުން އެތެރޭން ސިޔާސީ ވީމާހަދާނީ ކިހިނެތް؟