Binhelumaai Gulhigen Bingandu Kandaigen Dhiyumuge Haadhisaathakeh
image
ބިންގަނޑު ކަނޑައިގެން ގޮސްފައި
0 ކޮމެންޓް
 

ބިންހެލުމާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް

ޖަޕާނުގެ ހޮކައިޑޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގައިފިއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި އެ ބިން ހެލުން އައިސްފައިވަނީ ހޮކައިޑޯ އިރުދެކުނުން 68 ކިލޯމީޓަރު ދުރުގައި އޮންނަ ސަޕްޕޮރޯއަށެވެ. 6.7 މެގްނިޓިއުޑް އެ ބިންހެލުން އައިސްފައިވަނީ ބުދަ ދުވަހު ޖީއެމްޓީ ގަޑިން 18:08 ގައެވެ.

ބިންހެލުމާއި ގުޅިގެން ހިނގި ހާދިސާތަކުގައި ބައެއް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މީހުން ސަލާމަތް ކުރުމަށް ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމަށް ޖަޕާނުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަމަށްވެސް ޝިންޒޯ އަބޭ ވިދާޅުވިއެވެ.
ޖަޕާން ބިންހެލުން
ހިޔާލު