Missile Naakaamiyaabu Kohlumuge Thereygai Bayakah Aniyaavehje
image
ކާރުތަކަށް ގެއްލުންވެފައި
1 ކޮމެންޓް
 

މިސައިލް ނާކާމިޔާބުކޮށްލުމުގެ ތެރޭގައި ބަޔަކަށް އަނިޔާވެއްޖެ

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ޔަމަނުގައި ހަރަކާތްތެރިވަމުން އަންނަ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ބެލިސްޓިކް މިސައިލެއް ނާކާމިޔާބު ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.
ހޫތީން ފޮނުވާލި މިސައިލް ނާކާމިޔާބުކޮށްލާފައިވަނީ ސައުދީގެ ވައިގެ ދިފާއީ ބާރުންނެވެ. މިސައިލް ގޮއްވާލުމުގެ ތެރޭގައި އޭގެ އެތިކޮޅުތައް ބުރައިގެން ދިއުމުގެ ސަބަބުން 37 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީގެ ސިވިލް ޑިފެންސް މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ޒަހަމްވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭއިރު 19 ކާރަކާއި 15 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މިސައިލް ގޮއްވާލި ސަރަހައްދުގައި ދިރިއުޅޭ ހަތަރު އާއިލާއެއްގެ މެންބަރުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ހިޔާލު

ގުރާބު

ގޯހެންނޫނޭބުނެވޭނީ